ގުޅައިގެން ޓެކްސީއެއް ހޯދުމަށް އަށް މިނެޓު ހޭދަވޭ، އެޕާއެކު މައްސަލަތައް ކުޑަވާނެ: ސައީދު
ގުޅައިގެން ސަރުކާރުގެ ޓެކްސީއެއް ހޯދުމަށް އަށް މިނެޓާއި ހަތަރު ސިކުންތު ހޭދަވާ ކަމަށާއި އެ ޚިދުމަތަށް އެޕް ތައާރަފު ކުރުމުން މައްސަލަތައް މަދުވާނެ ކަމަށް ޓްރާންސްޕޯޓް މިިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ މަހުގެ ދެވަނަ ދުވަހު ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށީ، އެމްޓީސީސީއާ ހަވާލުކޮށްގެނެވެ. ފުރަތަމަ ދެ ހަފުތާ އެ ޚިދުމަތް ދިނީ ހިލޭ ކަމަށްވާއިރު، އޭރު ޚިދުމަތް ހޯދަން ޖެހުނީ ހޮޓްލައިނަކަށް ގުޅައިގެނެވެ. އެއާއެކު، ޑިމާންޑު ބޮޑުވެ، ނުގުޅޭ ކަމުގެ ޝަކުވާތައް ވެސް ފެންމަތިވިއެވެ. އޭގެފަހުން ވަނީ، ވެބް ޕޯޓަލެއް މެދުވެރިކޮށް ކާރު ބުކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އާންމުކޮށް ޓެކްސީ ކުރާ އަގުތަކުގައި ދަތުރުތައް ކުރަން ފަށައިފައެވެ. https://sun.mv/220779 މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ، އެ ޚިދުމަތާ ގުޅޭ ތަފުސީލުތަކެއް ކިޔައިދެއްވާފައެވެ. މިނިސްޓަރު ސައީދު: ވިދާޅުވީ، ޓެކްސީއެއް ހޯދަން ގުޅައިގެން އަށް މިނެޓު ހޭދަވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް މިގޮތުން، އެ ޚިދުމަތް ދޭ އެޕްލިކޭޝަނެއް އެޕް ސްޓޯރުން އެޕްރޫވް ކޮށްފައިވާ ކަމަށާއި މި ހަފުތާ ނުވަތަ އަންނަ ހަފުތާ ތެރޭގައި އެޕް ޑައުންލޯޑު ކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މައްސަލަތައް ކުޑަވާނެ ގޮތަކަށް ޚިދުމަތް ދެވޭނީ އެޕްލިކޭޝަނެއްގެ ޒަރިއްޔާއިންނެވެ. މީހަކު ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ދޭތެރޭގައި 8.4 މިނެޓު ނަގާ ކަމަށް [އެމްޓީސީސީން] އެ ބޭފުޅުން މައުލޫމާތު ދެއްވަނީ. އެވަރެޖުކޮށް ކޮންމެ ދަތުރެއްގެ ދިގުމިން މި އުޅެނީ 12.2 މިނެޓުޓްރާންސްޕޯޓް މިިނިސްޓަރު މުޙައްމަދު ސަޢީދު މީގެއިތުރުން، ދުވާލަކަށް ވަރަށް ގިނަ އަދަދެއްގެ މީހުން ޓެކްސީ ލައިނުގެ ޚިދުމަތް ހޯދަން ގުޅި ނަމަވެސް، ހުރިހާ އެންމެންގެ ފޯނުތަކަށް ޖަވާބު ނުދެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، މިދިޔަ މަހުގެ 13އިން، 18އާ ހަމައަށް 11،128 ދަތުރުކޮށްފައިވާ ކަމަށާއި ޚިދުމަތް ފެށިފަހުން ދުވަހުން ދުވަހަށް 50 ޕަސެންޓު ދަތުރުތައް އިތުރުވަމުން އައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޓެކްސީ ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މި މަޝްރޫއު ފެށި ނަމަވެސް، އާންމުންގެ މެދުގައި އަދިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ބައެއް ރައްޔިތުން ފާހަގަކުރާ ގޮތުގައި، ޓެކްސީ ހޯދުމަށް އޮތް ތަކުލީފަށް އެދެވޭ ލުޔެއް އަދި ލިބިފައެއް ނުވެއެވެ. ޚާއްސަކޮށް ވާރޭވެހޭ ދުވަސްވަރު ޓެކްސީއެއް ހޯދުމަކީ އަދިވެސް އުނދަގޫ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ. މާލޭ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ