ކޯލިޝަން ދެމެހެށްޓުމަކީ ލީޑަރުންގެ ޤައުމީ ވާޖިބެއް- މައުމޫން

ސަރުކާރު ހިންގާ ކޯލިޝަން ރޫޅުނަނުދީ ދެމެހެއްޓުމަކީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ހަތަރު ލީޑަރުންގެ ގައުމީ ވާޖިބެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހަތަރު ލީޑަރުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިގަންނަވާއިރު ފަހަކަށް އައިސް މައި ޕާޓީ އެމްޑީޕީއާ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޫމްހޫރީ ޕާޓީއާއި ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ދެޕާޓީގެ ލީޑަރުން އާންމު ޖަލްސާތަކުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކޮށް ނުސީދާކޮށް ދަނީ ފާޑުވިދާޅުވަމުންނެވެ.
އެގޮތުން ރޭ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން އަހުދާ ހިލާފުވެފައިވާތީ އެމްޑީޕީއާއި ދެކޮޅަށް ނުކުތުމަށް ކޮންމެ ބަޔަކާއި އެކުގައިވެސް މަޝްވަރާ ކުރުމަށް ތައްްޔާރަށް އޮތް ކަމަށް ބުނެފައެެވެ.
ރައީސް މައުމޫން ވަނީ ޕާޓީތަކުގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ