ކަނޑުން ބައެއް ގެއްލިއްޖެ: ގާސިމް

ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްއްދުގެ މައްސަލައިގައި އިޓްލޮސް އިން އިއްވި ހުކުމަކީ އިގްތިސާދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.ގާސިމް މިހެން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެންނެވެ.ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.ދިވެހީންނަށް މި ފުރުސަތު ގެއްލިގެން ދިއުމުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސް އަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއް ވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުގައި ސާފުކޮށް އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. "މި އަމަލަކީ ދިވެހިރާއްޖޭގެ ގާނޫންއަސާސީގެ ތިން ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި އަމަލަކަށް ނުވޭތޯއެވެ،" ގާސިމް ސުވާލު ކުރައްވާފައިވެއެވެ.ގާސިމް ވަނީ ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިޓްލޮސް ގެ މި ޙުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރުމަށް ނިކުމެ ތިބި ކަމަށް ވިދާޅުވި އެވެ.އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައިނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓުނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް އެޓާރނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.މީގެ އިތުރުން ދެކުނުގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދު ކަނޑައެޅި، އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބި ކަށަވަރުވެފައިވާ ކަމަށް ވެސް އޭޖީން ބުނެފައިވެއެވެ.ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން މުސްތަގުބަލުގައި އދ. ގައި ނެގޭ ވޯޓެއްގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭނެ ކަމުގެ ޔަގީންކަމުގެ އިތުރުން، މުސްތަގުބަލުގައި ރާއްޖެ ސަރަހައްދުގެ ތެރެއިން މޮރިޝަސްގެ ބޮޑުވަޒީރަށް ޗާގޯސް ޖަޒީރާއަށް ދަތުރުކުރެއްވޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވާފައިވާ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ