މަތި އުތުރު ދާއިރާގެ ރައީސްކަމަށް އަކްރަމް

އެމްޑީޕީގެ މަތި އުތުރު ދާއިރާގެ ރައީސް ކަމަށް ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިންތިހާބުކޮށްފި އެވެ.
ހއ، ހދ. އަދި ށ އަތޮޅު ހިމެނޭ މަތި އުތުރު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.
އެ މަގާމަށް އަކްރަމްއާއެކު ދެން ވާދަކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އަދި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އެވެ. މި އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވުމުން އޭނާ އަށް އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިިކް ޕާރޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި @Akramkdeen އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަކްރަމް ކަމާލުއްދީންގެ ރައީސްކަމުގައި މަތި އުތުރު ޕްރޮވިންސްގެ ޕާޓީ ހަރަކާތްތައް ބޮަޑުތަނުން ކުރިއަރައި ދާނެކަމަށް ޔަޤީންކުރަން pic.twitter.com/3NlJn7J1sV
— Yasir Abdul Latheef (@YasirLathyf) December 17, 2022
އަކްރަމް މީގެކުރިން ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްގެ މަގާމަށް ވާދަކޮށްފަ އެވެ. ނަމަވެސް އެފަހަރު އަކްރަމްގެ މައްޗަށް ކުރި ހޯއްދެވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ