ވޯލްޑް ކަޕްގައި ހާލަންޑްގެ ފުރަތަމަ މެޗުގައި ދެ ގޯލު ޖަހައި ނޯވޭ މޮޅު ކޮށްދީފި

ފޮކްސްބަރާ (ޖޫން 17) - ފީފާ ވޯލްޑް ކަޕްގައި އާލިން ބްރައުޓް ހާލަންޑް ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ދެ ގޯލާ އެކު ނޯވޭ 4-1 އިން އިރާގް ބަލި ކޮށްފި އެވެ.
ހާލަންޑް، 25، ވަނީ 29 ވަނަ މިނިޓުގައި ނޯވޭ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ 10 މިނިޓް ފަހުން އިރާނުން އައިމަން ހުސެއިންގެ ގޯލަކުން ނަތީޖާ އެއްވަރު ކުރި ނަމަވެސް ހާޅަންޑް ވަނީ 43 ވަނަ މިނިޓުގައި އިތުރު ގޯލެއް ޖަހައި ހާފު ނިމުމުގެ ކުރިން އަލުން ލީޑޫ ހޯދައިދީފަ އެވެ.
ނޯވޭގެ ތިންވަނަ ލަނޑު 76 ވަނަ މިނިޓުގައި ޖެހީ ޑިފެންޑަރު ލިއޯ އޮސްޓިގާޑް އެވެ. އަދި ފަހު ލަނޑަކީ އައިމަން ހުސެއިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މިއީ 1998 ވަނަ އަހަރަށް ފަހު ނޯވޭ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަަމަ ފަހަރެވެ. އަދި އިރާން މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅެފައި ވަނީ 1986 ވަނަ އަހަރަރެވެ.
މި އަހަރުގެ މުބާރާތުގެ ކޮލިފައިންގައި ވެސް ހާލަންޑް ވަނީ އަށް މެޗުން 16 ގޯލު ޖަހައި، ކޮލިފައިންގެ ރެކޯޑެއް ހަދައިފަ އެވެ.
ނޯވޭ އާއި އިރާފް ހިމެނެނީ ފްރާންސް އާއި ސެނެގާލް އާއެކު ގުރޫޕް އައިގަ އެވެ. ފްރާންސް ވަނީ ރޭ މި ގުރޫޕްގެ ފުރަތަމަ މެޗުގައި ސެނެގާލާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ