ޢަރަބިއްޔާ ސްކޫލް ސަލާމަތްކުރަން ބެލެނިވެރިން ކުރާ މަސައްކަތަށް އެއްބާރުލުންދޭކަމަށް ބުނެ ޕްރިންސިޕަލް މަޤާމުން ވަކިކޮށްފި!

ޢަރަބިއްޔާ ސްކޫލް ސަލާމަތްކުރަން ބެލެނިވެރިން ކުރާ މަސައްކަތަށް އެއްބާރުލުންދޭކަމަށް ބުނެ ޕްރިންސިޕަލް މަޤާމުން ވަކިކޮށްފިކަމަށް މަޢްލޫމާތު ލިބިއްޖެއެވެ. 
ބެލެނިވެރިއަކު ބުނީ އިހަށް ދުވަހަކު ޤުރްއާން ޓީޗަރަކު ގެންގޮސް ބަޔާން ނަގަން އުޅުނު ކަމަށާއި ނަމަވެސް ޤާނޫނީ ވަކީލެއް ގޮވައިގެން ދިއުމުން އެމީހުން ބޭނުންވާ ގޮތަށް ބަޔާން ނުނެގިދާނެތީ އެކަން އޮތީ ނުކުރެވިފައި ކަމަށެވެ. "ނަގަން އުޅުނީ ނަގަން ޖެހޭ ބަޔާނެއްނަމަ ކީއްވެގެންތޯ ޤާނޫނީ ވަކީލެއްގެ ޙާޒިރުގައި ނުނެގީ! ނެގިނަމަ މާފުރިހަމަވާނެ ނޫންތޯ؟" 
"ދެން މިހާރު މިއަޑު އިވެނީ ޕްރިންސިޕަލް ވަކިކުރިވާހަކަ. މާދަން ވަކިކުރާނީ ކޮންބައެއް ކަމެއް ނޭނގެ. ބެލެނިވެރިން ކަންބޮޑުވެގެން މިއުޅެނީ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅާ ޢަމަލުފުޅުތަކާ ދިމާނުވާތީ! 18 މަސްދުވަހުން އަޅައި ނިންމަން ބުނި ސްކޫލްގެ ބިންގާ އަދިވެސް ނާޅާތީ! ސްކޫލް އަޅަން ބަޖެޓުވެސް ނުކުރާކަން އެނގުނީމަ! ވީމާ މިއީ ޕްރިންސިޕަލާ ޓީޗަރުންނަށް ބިރުދައްކައި އަނިޔާކުރަންޖެހެންވީ ކަމެއްކަމަކަށް އަޅުގަނޑުމެންނަކަށް ނުވިސްނޭ!" 
ރާއްޖެއިން އިސްލާމް ދީން ފުހެލަން ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ސަރުކާރުން އަމާޒު ހިފައިގެން ކުރިއަށް ގެންދާ އެއްކަމަކީ ޢަރަބި އިސްލާމީ ދޭ ހަމައެކަނި ސްކޫލް ކަމުގައިވާ ޢަރަބިއްޔާ ސްކޫލް ވުޖޫދުން ފުހެލުންކަން އަންނަނީ ފާހަގަކުރެވެމުންނެވެ. މިއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ހޭލުންތެރިވާން ޖެހިފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރަން ޖެހެއެވެ! 
ޢަދާލަތު ޕާޓީގެ ނަމުގައި ހިންގާ ޕާޓީން ބުނަމުން އަންނަނީ ޢަރަބިއްޔާ ސްކޫލްގެ މައްސަލައިގައި އެޕާޓީން އެދޭ ގޮތަށް ސަރުކާރުން ކަންކަން ކޮށްދޭ ކަމަށެވެ.
NEWS:Arabiyya parents kuriyah gendhaa #SaveArabiyya campaign huttuvan Arabiyya School principal masakkai nukuraa kamashaai ekamugai principal huree parents aa ekee kamah bune eynaa magaamun vaki koffi.
— Ali Rameez (@aliramyz) November 6, 2022
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ