އަހަރުގެ ފުރަތަމަ 3 މަސް؛ އެންމެ ގިނަ އެކްސިޑެންޓް އައްޑޫ ސިޓީގައި

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކު ސިޓީ އާއި ގދ. އާއި ލ. އަދި ހއ. އަތޮޅުގައި ވެސް އެ ތިން މަހު ގިނަ އެކްސިޑެންޓް ހިނގާފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ރާއްޖޭން ވެސް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީގައި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން ވަނީ އަހަރުގެ ފުރަތަމަ ތިން މަހު ވަކިވަކިން އަތޮޅުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ނަންބަރުތައް އާންމުކޮށްފަ އެވެ. އެ ނަންބަރުތަކުން ފެންނަ ގޮތުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައި ވަނީ ދެކުނުގެ އަތޮޅުތަކުގަ އެވެ. އޭގެ ތެރެއިން ވެސް އައްޑޫ ސިޓީގައި ރެކޯޑު އަދަދަކަށް އެކްސިޑެންޓް ހިނގާފައިވެ އެވެ.އައްޑޫ ސިޓީގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި؛
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކު ސިޓީ އާއި ގދ. އާއި ލ. އަދި ހއ. އަތޮޅުގައި ވެސް އެ ތިން މަހު ގިނަ އެކްސިޑެންޓް ހިނގާފައިވެ އެވެ. އެގޮތުން ތިން މަސް ތެރޭގައި؛
އެންމެ ކާރޫބާރޫ ބޮޑު މާލެ އަތޮޅުގައި ފުރަތަމަ ކުއާޓަރުގައި ހިނގާފައިވާކަމަށް ރެކޯޑު ކޮށްފައި ވަނީ އެންމެ ފަސް އެކްސިޑެންޓެވެ. އެހެން އަތޮޅުތަކުގައި ވެސް އެކްސިޑެންޓްތައް ހިނގާފައިވާ މިންވަރު ނިސްބަތުން ވަރަށް މަދެވެ.ފުލުހުން މިއަދު އެ ތަފާސްހިސާބުތައް އާންމުކުރަމުން ބުނެފައި ވަނީ އެންމެ ގިނައިން އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބަކީ ބާރު ދުވެލީގައި އުޅަނދުތައް ދުއްވުން ކަމަށެވެ. ބަލައިގެން ދުއްވާނަމަ އެކްސިޑެންޓް މަދު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ."ރާއްޖޭގައި ހިނގާފައިވާ އެންމެ ގިނަ އަދި އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ބާރު ދުވެލި. ބާރު ދުވެލީގައި އުޅަނދު ދުއްވުމަކީ ތިމާއާއި މަގު ބޭނުންކުރާ އެހެން މީހުންވެސް ނުރައްކަލަށް ހުށަހެޅިގެންދާ ކަމެއް،" ފުލުހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ