ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓާނީގެ ގެއަށް ބަޔަކު ބަޑި ޖަހައިފި “އިސްރަށްވެހިންގެ ނާދީގައި 300 އަށް ވުރެ ގިނަ ފަރާތްތަކުން ރެޖިސްޓްރީކޮށްފައިވޭ” މަރަދޫ “ބޮނޑޮގޭ” ގައި އާޓް ގެލެރީ ހުޅުވަން ބޭނުންވާ ކުރެހުންތައް ހޯދަނީ މެކްބުކް އެއާ ކޮމްޕިއުޓަރެއް ވަގަށް ނެ

ރާއްޖޭގައި އީކޮމާރސް އާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕްގައި ބައިވެރިވުމަށް މިހާތަނަށް 260 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައެވެ. އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް މި ވޯކްޝޮޕްގައި އޮންލައިންކޮށް ބައިވެރިވެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސިޔާޒް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ލިބުމަކީ، ރާއްޖެފަދަ ގައުމަކަށް ލިބޭނެ ބޮޑު ކާމިޔާބީއެއްކަަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެ ގޮތް ހަދައިދެއްވައި، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެެއްކަން މިނިސްޓަރު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ