ފަރުވާއަށް ފަހު ނަސްރީނާ ދޫކޮށްލައިފި
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން, މެޑަމް ނަސްރީނާ އިބްރާހީމް, ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެއްވުމަށް ފަހު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އުމުރުފުޅުން 74 އަހަރުގެ ނަސްރީނާ އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް ޓަކައި މިދިޔަ ހަފުތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. https://www.sun.mv/211192 މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަސްރީނާގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި މިހާރު ވަނީ ގެޔަށް ދޫކޮށްލައިފައި ކަމަށެވެ. ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުންގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރިކަން ފާހަގަކުރައްވައި، މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން ވަނީ ކުރިން ޝުކުރު އަދާކުރައްވާފައިވެއެވެ. https://x.com/maumoonagayoom/status/1966770627898982473 ހަމަ އެއާއެކު ހެޔޮއެދޭ ފަރާތްތަކުންނާއި އާންމުންގެ ފަރާތުން ހެޔޮ ދުއާތަކާއި މެސެޖުތައް ލިބެމުން އަންނަ ކަން ވެސް މައުމޫންގެ އާއިލާއިން އޭރު ފާހަގަ ކުރެއްވެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ