ސަރުކާރު ހިންގާ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާ ގުޅުން ހުރި ކުންފުނިތަކަށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތައް ބަހާލީ، ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން ޕްރޮޖެކްޓުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން ގެންގުޅޭ އުސޫލާ ހިލާފަށް ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.
ހުޅުވާލާފައިވާ ބީލަމަކަށް ނުގޮސް، ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން މަޝްރޫއުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން އަމަލުކުރަން ޖެހޭ އުސޫލަކީ އާންމުކޮށް ފެންނަން އޮތް އުސޫލެއް ނޫނެވެ. ނަމަވެސް މި ނޫހަށް ވަނީ ސައްހަކަން ކަށަވަރުކުރެވިފައިވާ މި އުސޫލުގެ ދެލި ކޮޕީއެއް ލިބިފަ އެވެ.
އިކޮނޮމިކް ކައުންސިލުގެ މި އުސޫލަކީ މި އަހަރު އެކުލަވާލި އުސޫލެކެވެ. ބެލެވޭ ގޮތުގައި މި އުސޫލު އެކުލަވާލީ މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ސިންގަލް ސޯސް އުސޫލުން ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭނެ ގޮތަށް ހެދުމަށް ފަހުގަ އެވެ.
އޭރު ގެނައި ބަދަލުތަކުގެ ދަށުން ތިން ބާވަތެއްގެ މަޝްރޫއެއް ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ބަދަލުކުރި އެވެ. އެއީ:
މި ތިން ގިންތިކުުރުމުގެ ދަށުން ހިންގާ މަޝްރޫއުތަކުގެ މާނަ އޮތީ ވަރަށް ފުޅާކޮށެވެ. ޖުމްލަކޮށް ބުނާ ކަމުގައި ވަނީ ނަމަ، އެ އުސޫލުގެ ދަށުން ސަރުކާރުގެ ހަރަދުގައި ހިންގާ ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހަވާލުކުރެވެ އެވެ.
މިހެން ނަމަވެސް، އެ ފުޅާ މާނަކުރުމުގެ ތެރެއަށް ވެސް ބައެއް މަޝްރޫއުތައް ނުފެތޭ ކަމަށް، މި އުސޫލާ ގުޅިގެން އަދަދު އިން ވާހަކަ ދެއްކި މީހުން ބުނެފައި ވެ އެވެ. އޭގެ އެއް މިސާލަކީ 15 ރަށެއްގެ ސްކޫލުގެ ވަށާފާރު ރާނަން 15 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރި މަޝްރޫއު އެވެ.
ސޮލެކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުގެ ސްކޯޕުގެ ތެރޭގައި ހިމެނެނީ ސްކޫލުތަކުގެ ވަށާފާރު ރޭނުން އެކަންޏެވެ. އިކޮނޮމިކް ކައުންސިލުގެ އުސޫލުގައި އޮތް ގޮތުން، މި މަޝްރޫއު ކިރިޔާ ވެސް ފެއްތެން އޮތީ، "ތައުލީމާއި، ސަގާފަތާއި، އަދަބިއްޔާތާއި، ފަންނުތައް ކުރިއެރުވުމާ ގުޅޭ މަޝްރޫއުތައް" ދަަށަަށެވެ.
ނަމަވެސް ވަށާފާރު ރޭނުން މި މާނަކުރުމުގެ ތެރެއަށް ފައްތަންޏާ، އުމްރާނީ މަސައްކަތެއްގެ ގޮތުގައި ނުހިމެނޭ ކަންކަން ވެސް، މިސާލަކަށް ސްކޫލުތަކަށް ކަރުދާސް ގަތުން ފަދަ އާދައިގެ ކަންކަން ވެސް، އިކޮނޮމިކް ކައުންސިލަށް ހަވާލުކުރެވޭނެ އެވެ.
ބަހާލި މަޝްރޫއުތައް އިކޮނޮމިކް ކައުންސިލުގެ އުސޫލުތަކަށް ފެތޭ ކަމާ މެދު ސުވާލު އުފެދޭ އަނެއް ސަބަބަކީ، އެ އުސޫލުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރި ނަމަ، ބައެއް ކުންފުނިތައް ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާނެ ގޮތެއް ނޯންނާނެތީ އެވެ. މި އިވެލުއޭޝަންތަކުގެ ތެރޭގައި ދައުލަތުގެ އޮފީސް ނުވަތަ ވުޒާރާއިން ހަދާ އިވެލުއޭޝަންގެ އިތުރުން، ރައީސް އޮފީހުގައި އޮންނަ ތިން މެންބަރުންގެ ކޮމިޓީއަކުން ހަދާ ފަންނީ އެސެސްމެންޓު ހިމެނެ އެވެ.
ބަހާލި ބައެއް މަޝްރޫއުތައް އިކޮނޮމިކް ކައުންސިލުގެ އުސޫލުތަކަށް ވެސް ނުފެތޭ! ބަހާލި ބައެއް މަޝްރޫއުތައް އިކޮނޮމިކް ކައުންސިލުގެ އުސޫލުތަކަށް ވެސް ނުފެތޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ