ކައިވެންޏަށް އެއްރޭކުރިން ވާންއުޅޭ އަނބިމީހާ ބޭވަފާތެރިވުމުން ދެމީހުންނަށް ޒަހަރުދީ މަރާލި މީހެއްގެ ވާހަކަ-

ސުއިޒާ
 
މިއީ އެ އަންހެނާގެ ކައިވެނީގެ އެއް ރޭ ކުރިއެވެ. އެ އަންހެނާ އެ އުޅެނީ އޭނާގެ ވާންއުޅޭ ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާ އާއި އެކު އެއްދާން ކުރާށެވެ. އެދެމީހުން ސިއްރުން ގުޅުން ހިންގާތާ ހަތަރު މަސް ވެއްޖެއެވެ. އެމީހުންގެ މަކަރުވެރިކަން އެ އަންހެނާގެ ވާންއުޅޭ ފިރިމީހާއަށް ނޭންގޭނެ ކަމަށް އެމީހުން ހީކުރިއެވެ. 
އެހެނަސް އެމީހުންނަށް ނޭންގޭކަމަކީ، ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ވާއިރު އެ ދޮރު ކައިރީހުރެގެން އެ އަންހެނާގެ ވާން އުޅޭ ފިރިމީހާ އެމީހުންނަށް ސިއްރުން ބަލަމުން ދާކަމެވެ.
ރާވާފައި އޮތް ގަޑީގެ ކުރިއަށް އޭނާ އެ އައީ މާދަމާރޭ އޮންނަ ކައިވެނީގެ ރިސެޕްޝަންގައި ލާނެ ހެދުން ގެނެސްދިނުމަށެވެ. އެހެނަސް އެ އަންހެނާ އޭނާގެ ރަޙްމަތްތެރިޔާ އާއި އެކު އެނދުގައި އޮތްތަން ފެނުމުން ލިބުނީ އިތުރު ހައިރާންކަމެކެވެ. 
ތިމާ ހުރިހާ ކަމަކަށް އެންމެ އިތުބާރު ކުރި މީހާގެ އަތުން ހުރިހާ ކަމެއް ބަރުބާދު ކޮށްލުމުން އެ ލިބޭ ހިތްދަތިކަން ވަރަށް ބޮޑެވެ. 
ހިތް ބުރަކަމާއި ވޭނީ ބެލުމަކުން އެ ފިރިހެނާ ބަލަމުން ދިޔައިރު، އެ އަންހެނާ އެހެން ފިރިހެނެއްގެ އުނގުގައި އުފަލާއި އެކު މަޖާކުރަމުން ދިޔައެވެ. އޭނާގެ ރަޙުމަތްތެރިޔާގެ އަނބިމީހާ އާއި އެކު އެއްދާން ކުރާ ފިރިހެނަކީ ދުޝްމަނަކަށް ވުރެވެސް ނުބައި މީހެކެވެ.
އެ ފިރިހެނާއަށް އިހްސާސް ކުރެވުނީ އޭނާ ކައިވެނީގެ ގޮތުން ގުޅެން އެ އުޅެނީ އަދި ރަނގަޅު ގުޅުމަކުން ނޫންކަމެވެ. އެކަން ވަކި ގޮތަކަށް ނިންމަން ދެން އޮތީ ވަރަށް މަދު ވަޤުތު ކޮޅެކެވެ. އެރޭ އޭނާއަށް އެނގި ހާމަވެގެން އެ ދިޔައީ ދުވަހަކުވެސް އޭނާ އުއްމީދު ކުރި ހަޤީގަތެއް ނޫނެވެ. 
އައި ރުޅީގައި އޭނާ އެތަނުން ދިޔައެވެ. އަދި ސިޓިންގރޫމްގައި ހުރި ސޯފާގައި ހަމަހިމޭން ކަމާއި އެކު އިނެވެ. އެ އަންހެނާ އޭނާގެ ރަޙްމަތތެރިޔާގެ ކައިރިން ނިމެންދެނެވެ. އޭނާގެ ކައިވެނީގެ އެއްރޭ ކުރިން ބޭވަފާތެރިވީ މީހަކު އެ ވަނީ އެންމެ މުހިއްމު ވަޢުދު އުވާލެވިފައެވެ. 
އެ ފިރިހެނާ ރުޅިއައިސްގެން އެ އަންހެނާއަށް އޭނާ ގަނެގެން ގެނައި ހެދުމާއި މާ ބޮނޑި ނެގިއެވެ. އެ އެއްޗެހި ނައްތާލުމުގެ ނިޔަތުގައެވެ. އެހެނަސް، ވަކި ހިސާބަކުން އޭނާގެ ވިސްނުން ބަދަލުވިއެވެ. އޭނާގެ ވާންއުޅޭ އަނބިމީހާ އޭނާގެ ރަޙްމަތްތެރިޔާ އާއި އެކު އެއްދާން ކޮށް، އޭނާއަށް ބޭވަފާތެރިވާން އިޚްތިޔާރު ކުރުމުން، އޭނާވެސް ނިންމީ އެމީހުން ހެއްދި ގޮތަކަށް ހެދިގެން ހުންނާށެވެ. އޭނާއަށް އެމީހުންގެ އެއްވެސް ކަމެއް ނޭންގޭކަމަށް ހެދިގެން އޭނާ ހުއްޓެވެ. އޭނާއަށް އެ ފެނުނު މަންޒަރުވެސް ނުފެންނަ ކަމަށް ހަދައިގެން ހަމަ ހިމޭންކަމާ އެކު އޭނާ ސޯފާގައި އިނެވެ. 
އެ ދެމީހުން ހިތްހަމަޖެހޭ ވަރުވުމުން އެނދުގައި ރަނގަޅަށް ހަމަޖެހިލިއެވެ. ކައިވެންޏަށް ފަހުގައިވެސް ކޮންމެ ހަފްތާއަކު މަދުވެގެން ދެފަހަރު ބައްދަލުކުރަން ރާވާފައި އޮތްކަން އެ ފިރިހެނާ އޭނާއަށް ހަނދާން ކޮށްދިނެވެ. އޭނާގެ ފިރިމީހާގެ އިޙްސާސްތަކަށް ބެލުމެއް ނެތި އެމީހުންގެ އަމިއްލަ އެދުން އިސްކުރިއެވެ.
ފިރިހެނަކު އޭނާގެ ރަޙްމަތްތެރިޔާގެ އަނބިމީހާއާއި އެކު އެއްދާން ކުރަން ފަށާ ހިސާބުން އޭނާ ހަމައެކަނި ދަހިވެތި ވާނީ އޭނާގެ ހަށިގަނޑަކަށް ނޫނެވެ. އޭނާގެ ވަފާތެރިކަމަށްވެސް ދަހިވެތި ވާނެއެވެ. 
އެ ފިރިހެންމީހާ ފެންތައްޓެއް ގެނެސްދޭން އެދުމުން އެ އަންހެނާ މަޑުމަޑުން އެނދުން ފޭބިއެވެ. އޭނާގެ ވާންއުޅޭ ފިރިމީހާ ސިޓިންގްރޫމްގައި އޭނާއަށް މަޑުކޮށްގެން އިންކަމުގެ ކުޑަވެސް ހިލަމެއް އޭނާއަކަށް ނުވެއެވެ. އޭނާ ބަދިގެއާ ދިމާއަށް ހިނގައިގަތުމާއެކު ކުއްލި ސިހުމެއް ލިބުނީ އޭނާގެ ވާންއުޅޭ ފިރިމީހާގެ އަޑުންނެވެ. މަޑުމައިތިރިކަމާއެކު އޭނާގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ. އޭނާ ގޮތް ހުސްވިކަހަލައެވެ. އަދި އެކަން ފޮރުވުމަށްޓަކާ އުފާވެރިކަމާ އެކު އޭނާގެ ވާންއުޅޭ ފިރިމީހާއަށް މަރުޙަބާ ކިޔެވެ. 
ޕާރޓީގެ ހެދުން ހަވާލުކުރަމުން އެ ހެޔޮވަރުކޮށްލަން ކޮޓަރިއަށް ދިޔުމަށް ހިޔާލު ދިނެވެ. އެހެނަސް އެ އަންހެނާ ވަޤުތުން އިންކާރު ކުރިއެވެ. ވަޤުތުން އޭނާ އެހެން ކަމެއް ރާވާލިއެވެ. އަދި ސޯފާއިން ތެދުވަމުން އޭނާ އަރާމު ކޮށްލަން ބޭނުންވާކަމަށް ބުނެލިއެވެ. އެހެނަސް މިފަހަރުވެސް އެ އަންހެނާ އޭނާ ހުއްޓުވިއެވެ. އެ އަނެހްނާ އޭނާއަށް ދޮގުހެދިއެވެ. ކޮޓަރި އޮތީ ވަރަށް ހަޑިކޮށް ކަމާއި، އެހެން އޮއްވާ އޭނާއަށް ފެނިއްޖެނަމަ އޭނާ ވަރަށް ލަދުގަންނާނެ ކަމަށް އޭނާ ބުންޏެވެ. އަނެއްކާވެސް ދާން އުޅުމުން ހަމަ އެ އަންހެނާ ހިފެހެއްޓިއެވެ. އެ އަންހެނާ ހީކުރަނީ އޭނާގެ ވާންއުޅޭ ފިރިމީހާއަށް ވުރެ އޭނާ މާ ހުޝިޔާރު ކަމަށެވެ. އެހެނަސް އޭނާ އެއުޅެނީ އެ އަންހެނާއަށް ވުރެ އެއް ދަރަޖަ ކުރީގައެވެ. އޭނާ މަޖާކޮށްލަމުން އެދުނީ ސޯފާގައި އިހަށް މަޑުކުރުމަށެވެ. އޭނާ އައުމުގެ ކުރިން ކޮޓަރިތެރެ ސާފުކޮށްލަންވެގެން ކަމަށެވެ.
ބޭވަފާގެ ހާލަތުގައިވެސް ހަނު ހުރުމަކީ ތިމާ ދަށްވުމެއް ނޫނެވެ. އެހެނެއްކަމަކު ހަޅޭކުގެ މައްޗަށް ތިބާ ބުއްދި އިސްކުރީއެވެ. 
އެ އަންހެނާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. އަދި އޭނާ އިންނަންއުޅޭ މީހާ ގެއަށް އައިސް އިންކަން އެ ފިރިހެނާއަށް އެންގިއެވެ. ވަގުތުން އޭނާ ކަންބޮޑުވިއެވެ. އޭނާގެ ވާންއުޅޭ ފިރިމީހާ ކޮޓަރިއަށް އަންނަން އުޅޭ ކަމަށާއި އަވަސް އަވަހަށް ފިލުމަށް އިރުޝާދު ދިނެވެ. މަކަރުވެރިކަމުގެ ބަދަލު ގިނަފަހަރަށް ތިމާއަށް ކުޅަދާނަވެގެން ނުވާ މިންވަރުން ދޭން ޖެހިދެއެވެ. 
އެ އަންހެނާ އަވަސް އަވަހަށް އެ ފިރިހެންމީހާ ދޮރުފޮތިގަނޑު ދަށަށް ލާ ފޮރުވިއެވެ. އަދި އަވަހަށް ޖެކެޓް ލިއެވެ. އެ ފިރހެންމީހާ ފޮތިގަނޑު ދަށުން ނުކުމެ އަވަހަށް ޓީޝާރޓް ލިއެވެ. އެ އަންހެނާ އޭނާއަށް ފޮތިގަނޑު ދަށުގައި މަޑުން ހުރުމަށް ހަނދާން ކޮށްދިނުމަށް ފަހު ސިޓިންގ ރޫމް އަށް ނުކުތެވެ. އެ އަންހެނާ އޭނާގެ ވާން އުޅޭ ފިރިމީހާގެ ކައިރިއަށް ލޯތްބާއި އެކު ދިޔައީ ކޮޓަރީގައި ފޮރުވާފަ ހުރި މީހާ ނުފެންނާނެ ކަމުގެ ޔަޤީންކަމާއި އެކުއެވެ. 
އޭނާ އަވަސް އަވަހަށް، ކަމެއް ދިމާވެގެން ދާން ޖެހިއްޖެކަމަށް ބުންޏެވެ. އެ އަންހެނާ ކޮޓަރިއަށް ދިޔައީ އޭނާ އިންކަން އެ ފިރިހެނާއަށް އަންގާ އޭނާ ފޮރުވުމަށް ކަން އޭނާއަށް މާކުރިން އެނގުނެވެ. ދެމީހުން އެކުގައި ތެދުވިއެވެ. އަދި އަންހެން މީހާ ދޮރާހަމައަށް އޭނާއާއި އެކު ދިޔައެވެ. އެނާ ހީކުރަނީ އޭނާގެ ސިއްރު ކާމިޔާބު ކަމާއެކު ފޮރުވުނު ކަމަށެވެ. 
ކައިވެނީގެ ދެ ދުވަސް ފަހެވެ. އެ އަންހެނާއާއި އެކު އެއްދާން ކުރަން އެ ފިރިމީހާ ދެކޮޅު ހެދިއެވެ. އޭނާގެ އެކުވެރިޔާއާއި އެކު އެ އަންހެނާ އެނދުގައި އޮއްވާ ފެނުނު ރޭ އޭނާ އަށް އޮތް ލޯތްބާއި ޝައުގުވެރިކަން މަރުވެއްޖެއެވެ. އެރޭގެ ފަހުން އޭނާ ކޮންމެވެސް ބަހަނާއެއް ދައްކައެވެ. އޭނާ ވަރުބަލިވެފައިވާ ކަމާއި ބޯހާސްވާތީ އެކަންކަން ނުކުރެވޭ ކަމަށް ބުނެއެވެ. 
އޭނާ އެ އަންހެނަ ގާތު ނިދުމަށް ބުނެއެވެ. އަދި ދެން އަންނަ ރެއަކުން އެކަން ކޮށްދޭނެކަމަށް ބުނުމުން އެ އަންހެނާ އެއްބަސްވެއެވެ. އެ އަންހެނާ އެނދުގައި ހަމަޖެހިލަނީ ދެން އަންނަ ރެއަކުން ފިރިމީހާ ވަޢުދު ފުއްދާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ފިރިހެނެއްގެ އިތުބާރު ގެއްލުވާލި އަންހެނަކަށް އެ ފިރިހެނާގެ އެއްވެސް އިހްސާސްއެއް ނުވާނެއެވެ. އޭނާގެ ރަޙްމަތްތެރިޔާ އާއި އަނބިމީހާގެ ސިއްރު ފަޅާއެރި ހިސާބުން ފެށިގެން އޭނާއަށް ރޭގަނޑު ހަމަނިދި ނުނިދެއެވެ. އޭނާ މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ. އަދި ސިކުނޑީގައި އެނބުރެން ފެށީ އޭނާގެ އަނބިމީހާގެ ބޭވަފާތެރިކަމުގެ ބަދަލު ހިފާނެ ގޮތެކެވެ. 
އޭނާ ކައިވެނި ކުރީ، ކައިވެނި ކުރުމުން އޭނާއަށް އަނިބިމީހާއަށް މާފުކުރަން ފަސޭހަވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ދެންވެސް އެނާއަށް ހޯދެންފެށީ އެކަމުން ނުކުންނާނެ ގޮތްތަކެކެވެ. ބޭވަފާތެރިކަމުގެ ހިތިކަން މާބޮޑުވުމުން ތިމާގެ ހިތް މާފުކުރަން ބޭނުންވި ނަމަވެސް ތިމާގެ ރޫޙު އެކަމެއް ދުލެއް ނުކުރެއެވެ. 
އޭނާ ކަމެއް ރާވާލިއެވެ. އޭނާގެ ރަޙްމަތްތެރިޔާއަށް ގެއަށް އަންނަން ދަޢުވަތު ދިނުމަށެވެ. އަދި އޭނާއަށް އުނދަގޫ ކުރަމުން އަންނަ ސުވާލުތައް ރަޙްމަތްތެރިޔާއާ ކުރިމަތި ކުރުމަށެވެ.
ދެދުވަސް ފަހެވެ. ރަޙްމަތްތެރިޔާގެ ދަޢުވަތު ޤަބޫލުކޮށް އެގެއަށް އެ ފިރިހެން މީހާ އައެވެ. ފިރިމީހާ ތިން ތަށި ޖޫސް ބަހައްޓާފަ ހުރި ޓްރޭއެއް ހިފައިގެން އައެވެ. އަދި ދެ ތަށި ނަގާ ރަޙްމަތްތެރިޔާއަށް ދިއްކޮށްލަމުން ރަޙްމަތްތެރިޔާގެ ގާތުގައި އިށިއިނެވެ. ދެމީހުންވެސް އޭގެ ކޯވަރެއް ބޯލިއެވެ. އަދި ރަޙްމަތްތެރިޔާ އޭނާގެ ކައިވެންޏަށް މަރުޙަބާ ކިއެވެ. 
ފިރިމީހާ އޭނާގެ ރަޙްމަތްތެރިޔާގެ ފަރާތުން ކައިވެނީގެ ކަންކަމުގައި ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރިއެވެ. ދެން މަޖާކޮށްލަމުން ސުވާލުކޮށްލިއެވެ. ތިބާގެ ރަޙްމަތްތެރިޔާ ތިބާގެ އަނބިމީހާ އާއިއެކު އެނދުގައި ތިއްބާ ފެނިއްޖެނަމަ ތިބާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ 
އޭނާއަށް އޭނާގެ އެކުވެރިޔާ ހެއްކާ ނުލައި އެކަމަށް އެއްބަސް ނުވާނެކަން އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވީ އެކުވެރިޔާ އިމްތިހާނު ކޮށްލުމަށެވެ. 
އެކުވެރިޔާ، އޭނާ ގެނބެމުންދާ ވަޅުގަނޑުގެ ފުންކަން ނޭންގި ހުރެ ޔަޤީންކަމާއެކު ޖަވާބު ދެމުން، އޭނާގެ އަނބިމީހާ އާއިއެކު އެގޮތަށް ފެނިއްޖެ ނަމަ އެމީހަކު މަރާލާނެކަމަށް ބުންޏެވެ. ފިރިމީހާ މަޑުމަޑުން ހީލިއެވެ. ހިތްހަމަ ޖެހިފައި އިނދެ ފިރިމީހާ އަޑުއަހަމުން ދިޔައިރު، އޭނާގެ އެކުވެރިޔާ ބޭވަފާތެރިއަކަށް ދުވަހަކުވެސް މާފެއް ނުކުރާނެކަމަށް ބުނަމުން ދިޔައެވެ. 
މަޑުމައިތިރިކަމާއެކު ތެދުވެ ޓްރޭގައި އިން ޖޫސްތަށި ނަގާ އޭނާގެ އަނބިމީހާއަށް ދިއްކޮށްލަމުން އަނބިމީހާގެ ގާތު އިށިއިނެވެ. ބުއްދިވެރިން ހަޤީގަތް ހާމަ ކުރަނީ ކޮހުންގެ ގޮތުގައި ތިބެއެވެ.
އޭނާގެ އެކުވެރިޔާގެ ޖަވާބު އަޑުއެހުމަށް ފަހު ހަމަ އެސުވާލު އަނބިމީހާއަށް ވެސް އަމާޒު ކުރިއެވެ. އޭނާ ކަންތައް ކުރާނެ ގޮތެއް ބެލުމަށްޓަކައެވެ. 
އޭނާގެ އަނބިމީހާ ހޭންފެށިއެވެ. އަދި އޭނަވެސް އެގޮތަށް މީހަކު ފެނިއްޖެނަމަ ހަމަ އެމީހަކު މަރާލާނެކަމަށް ބުންޏެވެ. އަނބިމީހާ އޭނަގެ ދެގޮތެއް ނުވާ ވަފާތެރިކަމުގެ ވާހަކަ ފިރިމީހައަށް ހަނދާކޮށް ކޮށްދިނެވެ. އަދި އެއްވެސް ފަރާތަކުން އަންނަ ބޭވަފާތެރިކަމެއް ބަލައެއް ނުގަންނާނެކަމަށް ބުންޏެވެ. 
އެ ދެމީހުންވެސް އެ ދައްކައިދިނީ ގަސްދުގައި އެމީހުން އެހެން މީހަކަށް އެ ދިން ވޭނަށް ހުދު އެމީހުންނަށް ކެތް ނުވާނެކަމެވެ. އެ ދެމީހުން ކުރެ އެކަކަށްވެސް ނޭންގޭކަމަކީ އެމީހުންގެ ބުއިމަށް ޒަހަރު ލާފައިވާކަމެވެ. ފިރިމީހާ އޭނާއަށް ބޭވަފާތެރިވީ މީހުންގެ ކިބައިން ބަދަލު ހިފުމަށްޓަކައެވެ. 
ރަޙްމަތްތެރިޔާ ކެއްސާ އަޑު އިވުމުން ފިރިމީހާ ގޮސް އޭނާގެ ކައިރީގައި އިށިއިނެވެ. އެއީ ޒަހަރުގެ އަސަރު ކޮށްފިކަމުގެ އިޝާރާތެކެވެ. 
އެމީހުންގެ މަކަރުވެރިކަމުގެ ސަބަބުން މި މީހާއަށް މީހަކު މެރުމަށް ދަހިވެތިވީއެވެ. ޒަޚަމް ވެފައިވާ އެ ޖިސްމަށް ބަދަލު ލިބޭނެކަމުގެ އުއްމީދުގައެވެ. ތިބާއަށް ކިތަންމެ ބޮޑު ވޭނެއް ލިބުނަސް ވެސް، މީހަކު މަރާލުމަކީ ތިބާގެ ޒަޚަމްތަކަށް އޮތް ފަރުވާއެއް ނޫނެވެ.
އޭނާގެ އެކުވެރިޔާ އާއި އަނބިމީހާ އެ ޒަހަރުގެ ސަބަބުން އަޅަމުން ދިޔަ ވޭން ބޮޑުވެ މަޑުމަޑުން ގޮސް މަރުވީއެވެ.
މި ކުރު ވާހަކައިން ލިބިގެން ދިޔަ އިބްރަތަކީ:
ތިބާގެ ގުޅުމަށް ބޭވަފާތެރިވުމަކީ މޮޅުވުމެއް ނޫންކަމެވެ. އެކަމުން ހާމަކޮށްދެނީ، ތިބާ އެ ގުޅުމެއް ޙިމާޔަތް ކުރަން ވީ ވަޢުދު މުގުރާލުމުގައި ތިބާ ވަރަށް ކުޅަދާނަކަމެވެ.
އޭނާގެ އެކުވެރިޔާގެ އަނބިމީހާއާއި އެކު އެއްދާން ކުރާ ފިރިހެނަކީ އެންމެ ކުރިންވެސް އެކުވެރިޔަކަށް ނުވާނެއެވެ.
ތިބާގެ ޕާޓްނާރ ބޭވަފާތެރިވުމުން އޭގެ ބަދަލުގައި އޭނާ މަރާލުމަކީ އަދި އިންސާފެއް ނޫނެވެ. އެއީ ގަސްދުގައި މީހަކު މަރާލުމެވެ. އެކަމަށް ޤާނޫނުން އަދަބު ލިބޭނެއެވެ.
ބޭވަފަތެރި ވުމުން ވަރަށް ފުން އަސަރު ކުރެއެވެ. އެހެނަސް ބަދަލު ހިފުމުން ވޭން އިތުރުވެއެވެ.  ތިބާ ކިތަންމެ ހިތުގަ ޖެހި ދެރަވިނަމަވެސް، އަނިޔާވެރި ވެގެން ހަޤީގީ ފަރުވާއެއް ނުލިބޭނެއެވެ.
 
- އިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ