ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯނަށް މިހާތަނަށް 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.
ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރު 14:22 ޖެހުމާއާ ހަމައަށް 11,415,915 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 10،743،125 ރުފިޔާ އަދި 43،631 ޑޮލަރެވެ.
އާދިއްތަ ދުވަހު ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން އެންމެ ފުރަތަމަ ނިންމާލަން ނިންމީ އާދިއްތަދުވަހުގެރޭ މެންދަމު 1:00ގައެވެ. އެހެންނަމަވެސް ޓެމިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރު 14:00 އާއި ހަމައަށް މި ޓެލެތޯން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ތޫފާން ‘ދިތުވާ” ގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި 37 މީޑިއާ އަކުން ވަނީ ބައިވެރިވެފައެވެ.
ކުރީގެ ރައީސުންނަށް، އޮފީސް ހިންގަން ދޭ އިނާޔަތް ކަނޑާލަން ފާސްކޮށްފި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފި ފުވައްމުލައް ސިޓީގައިވެސް ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ ބިދޭސީ އަންހެނުން ގެނެސް، ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި މަގުބޫލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ