އެލް މޮބައިލްގެ ފިހާރަތަކުން އައިފޯން 17 ގަންނަ ކަސްޓަމަރުން ފޯނާއިއެކު ގަންނަ އެކްސެސަރީސްއަށް ހާއްސް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެމްއައިބީން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ އައިފޯން 17 ގަތުމަށްފަހު އޭގެ އެކްސަސަރީސް އަށް އެ ބޭންކުގެ ކާޑުން ނުވަތަ ޕޭމަންޓް ރިންގުން ފައިސާ ދައްކާ ކަސްޓަމަރުންނަށް ކަމަށެވެ.
ސެޕްޓެމްބަރު 26، އިން ފެށިގެން އޮކްޓޯބަރު 26، ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި އެލް މޮބައިލްގެ ކޮންމެ ފިހާރައަކުން އައިފޯން 17 ގަތްނަމަވެސް ބައިވެރިވެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
"ޕްރޮމޯޝަންގައި އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް އެލްމޮބައިލްގެ ފިހާރައަކުން އައިފޯން 17 ގަންނަ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ،" އެމްއައިބީން ބުންޏެވެ.
އެމްއައިބީން ބުނީ ޕްރޮމޯޝަންގެ ދަށުން އެލް މޮބައިލް ގަންނަ އެޕަލް އެއާ ޕޮޑް، އެޕަލް ވޮޗް، ސްކްރީން ޕްރޮޓެކްޓާ އަދި ފޯން ކަވަރުން 10 ޕަސަންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އެމްއައިބީއަކީ ޒަމާނީ ވަސީލްތްތަކުގެ އެހީގައި ބޭންކިން ހިދުމަތް ދޭ ބޭންކެކެވެ. އެ ބޭންކުން ދަނީ ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެމުންނެވެ. އޭގެއިތުރުން އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތަކީ ބޭނުންކޮއްލަން ފަސޭހަ އަދި ރައްކާތެރި ހިދުމަތެކެވެ.
އެލް މޮބައިލްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް އެލް މޮބައިލްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ