ތ.ގުރައިދޫގައި ގާއިމްކުރި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވައިފި

ތ.ގުރައިދޫގައި ސަރުކާރުން ގާއިމްކުރި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ގުރައިދުއަށް ކުރި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ގުރައިދޫގައި މި ސެންޓަރު ގާއިމްކުރުމާއެކު ހިމެނިފައިވަނީ ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ހައިޕަރބެރިކް ސެންޓަރެއް ގާއިމްކުރި ފުރަތަމަ ފަހަރަށެވެ.
 ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ރައީސް ހުޅުވައިދެއްވަނީ..
މިއީ 100 މީޓަރު އަޑިން ޑައިވްކުރަނިކޮށް ޑީކޯވި ނަމަވެސް ފަރުވާދިނުމުގެ ގާބިލްކަން ލިބިގެންވާ ސެންޓަރެކެވެ.
ޑީކޮމްޕްރެޝަން ޗެމްބަރުތައް ގާއިމްކުރުމަކީ ރާއްޖެފަދަ ޤައުމަކަށް ވަރަށް މުހިންމުކަމެއްކަމަށް ސަރުކާރުން ވަނީ މީގެ ކުރިންވެސް ފާހަގަކޮށްފައެވެ. އެގޮތުން މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައިވެސް ހިމެނޭ ވައުދެކެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތްތައް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނޭކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ