ލީބިޔާގެ ކުރީގެ ރައީސް ސަރުކޯޒީ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ލީބިޔާގެ ކުރީގެ ރައީސް ކާނަލް މުއައްމަރުލް ގައްޒާފީގެ އަތްޕުޅުން އެތައް މިލިއަން ޔޫރޯއެއް ގާނޫނާ ހިލާފަށް ހޯއްދެވި މައްސަލައެެއްގައި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ ފަސް އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމްކޮށްފި އެވެ.
ޕެރިހުގެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުރި އިތުރު ކުށްތައް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ގާނޫނާ ހިލާފަށް ކެމްޕޭނަށް ފައިސާ ހޯއްދެވި ކަމަށް ކުރި ތުހުމަތުތައް ހިމެނެ އެވެ.
އެ ނިންމުން އޭނާ އިސްތިއުނާފަށް ހުށަހެޅުއްވި ނަމަވެސް، އެ ހުކުމުން ދޭހަވަނީ އޭނާ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމެވެ.
ސަރުކޯޒީ،70، ވަނީ 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ހުކުމަކީ ގާނޫނީ ވެރިކަމަށް ކުރިމަތި ކުރުވި ވަރަށް ސީރިއަސް ހުކުމެއް ކަމަށެވެ.
ސަރުކޯޒީގެ މައްޗަށް ތުހުމަތު ކުރީ 2007 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ގައްޒާފީގެ ފައިސާ ބޭނުން ކުރެއްވި ކަމުގެ ތުހުމަތެވެ. އެ ތުހުމަތު ސަރުކޯޒީ ދޮގު ކުރައްވަ އެވެ.
ނަމަވެސް ޕްރެސިކިއުޓަރުން ބުނަނީ ގައްޒާފީގެ ތަސައްވުރު ހުޅަނގުގެ ގައުމުތަކުގައި ރަނގަޅު ކުރުމަށް އެހީތެރިވެދެއްވާނެ ކަމަށް ސަރުކޯޒީ ވައުދުވެފައިވާ ކަމަށެވެ.
ފަނޑިޔާރު ނަތާލީ ގަވަރީނޯ ވިދާޅުވީ ލީބިޔާގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ހުއްދަ ސަރްކޯޒީ އޭނާގެ އަރިސް ބޭފުޅުންނަށް ދެއްވީ ކެމްޕޭނަށް ފައިސާ ހޯދުމަށް ކަމަށެވެ.
ނަމަވެސް ކޯޓުން ނިންމީ ކެމްޕޭނަށް ގާނޫނާ ހިލާފަށް ހޯދި ފައިސާ އިން ސަރްކޯޒީއަށް އެއްވެސް މާލީ މަންފާއެއްކޮށްފައިވާ ކަމުގެ ހެކި ހޯދިފައި ނުވާ ކަމަށެވެ. 
ސަރްކޯޒީގެ މައްޗަށް ކުރި ޖަލު ހުކުމުގެ އިތުރަށް އޭނާ ވަނީ 117،000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ސަރްކޯޒީ ކުރިއަށް އޮތް ދުވަސްތަކުގައި ޕެރިހުގައި ޖަލެއްގައި ބަންދު ކުރާނެ ކަމަށް ބެލެވެ އެވެ.
މިއީ ފަރަންސޭސިވިލާތުގެ ކުރީގެ ރައީސްގެ މައްޗަށް އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ. އޭނާއަކީ އެ ޝަރީޢަތާއި އެނޫން ވެސް ގާނޫނީ މަރުހަލާތަކުގައި އޭނާގެ ކުށެއް ނެތްކަމަށް އަބަދު ވެސް ވަކާލާތު ކުރައްވަމުން އަންނަ ބޭފުޅެކެވެ.
އެ މައްސަލަ ފުރަތަމަ ފެންމަތި ކުރެއްވީ ލީބިޔާގެ ލީޑަރުގެ ދަރިކަލުން ސައިފް އަލް އިސްލާމް އެވެ. އޭނާ ވިދާޅުވެފައި ވަނީ ސަރްކޯޒީގެ ކެމްޕޭނަށް އޭނާގެ ބައްޕަ އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރެއްވި ކަމަށެވެ. އޭނާ އެ ތުހުމަތު ކުރެއްވިތާ ދެ އަހަރު ފަހުން 2013 ވަނަ އަހަރު އެ މައްސަލަ ބަލަން ފެށި އެވެ.
ލީބިޔާގެ ލީޑަރު ތިން ވަނަ ފަރާތެއް މެދުވެރިކޮށް ސަރްކޯޒީއަށް 50 މިލިއަން ޔޫރޯ ދިން ކަމަށް ތުހުމަތު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ