ޚާމަނާއީގެ ޖަނާޒާ ޖުލައި 4 ގައި ފެށުމަށް އީރާނުން ނިންމައިފި

އަވަހާރަކޮށްލައިފައިވާ އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
އިސްލާމީ އުޞޫލުތަކުގައި މައްޔިތާގެ ކަންތައްތައް ވީހާވެސް އަވަހަކަށް ނިންމައި ފަސްދާނުލާން އޮތް ނަމަވެސް، ޚާމަނާއީގެ ޖަނާޒާގެ ކަންތައްތައް 4 މަސް ދުވަހަށް ލަސްވެގެންދިޔައީ އެ ސަރަޙައްދުގައި އޮތް ހަނގުރާމައިގެ ޙާލަތުގެ ސަބަބުންނާއި ސަލާމަތީ ގޮތުން ކުރިމަތިވި ބޮޑު ނުރައްކާތަކާ ހުރެއެވެ.
ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު، އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަޤްބަރާ ކައިރީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ