މެމްބަރު ސިރާޖު ތާއީދު މުއިއްޒަށް
އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ސިރާޖު މުއިއްޒާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9، ގައި ބާއްވާ އިންތިހާބުގައި އޭނާ ތާއީދު ކުރައްވާނީ މުއިއްޒަށް ކަމަށެވެ."2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" މޫސަ ވިދާޅުވެފައިވެ އެވެ.ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިރާޖު ސިޔާސީ ދާއިރާއަށް ނުކުންނެވީ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާ ހަމައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ