ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ "ސުމެއްގެ" ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، ރައްޔިތުންނަށް ދެއްކީ ހުވަފެނެއްގެ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ގާސިމްގެ ސްޕެޝަލްގެ އެޑްވައިޒަރު އަހުމަދު ނިހާން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 65 ބިލިއަން ރުފިޔާއަކީ މި ސަރުކާރުގެ ދަރަނި ކަމަށާއި ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަށް 237،000ރ. ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި އަހަރު ނިމިގެންދާ އިރު، ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް އަރައިގެންދާނެ ކަމަށެވެ. އެކަމަކު، އެއީ ކުންފުނިތަކުގެ ދަރަނިތައް ނުލާ ކަމަށާއި އެއާ އެކީގައި ކިއާ ނަމަ، އެއަށް ވުރެ ވެސް ގިނަ ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިކަމުން ވެސް އެނގެނީ ސަރުކާރު ފެއިލްވެފައި އޮތް މިންވަރެވެ. ދައުލަތުގެ ދަރަނި މިހާ މައްޗަށް އަރައިގެންދާ އިރު، އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ގައުމަށް އިތުރު އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ނެތޭ ކުރެވިފައެއް. ދެން އަޅުގަނޑުމެން ބުނަންވީ ވަރަށް ސަކްސެސްފުލް އޮޕަރޭޝަނެއް ކޮށްފައޭ މިސަރުކާރުން ދިއައީ؟ ހަމަ ސުމެއްގަ ދިޔައީ. ދައުލަތް ދަރަނިވެރިކުރުވާ، ގައުމުގެ ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، މުޅިން ހުވަފެނެއްގެ މަންޒަރު ދައްކާފަ ދިއައީ. މާދަމާ ތިބެންޖެހޭ ހާލު ވިސްނާލީމާ މިކަން އެނގޭނީ." ޖުމްހޫރީ ޕާޓީގެ ލީޑަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ތިން ބިލިއަން ޑޮލަރާ ހަމައަށް ލޯން ނެގި އިރު، ތައުލީމީ ހާލަތު ރަނގަޅު ނުވެ އޮތުމަކީ ވެސް ފެއިލްވުމެއް ކަމަށެވެ.
"އާންމު ރައްޔިތު މީހާއަށް ލޯނުދޭނެކަމަށް އެއްބަސްވެ، އެއްބަސްވުން ހެދުމަށްފަހުވެސް އެލޯނު ނުލިބިގެން ފަހަތުން ދުވަން މިކުދިން މިތާ ތިބެނީ ބޮޑު ހަރަދުކޮށްގެން މާލޭގެ އެކޮޅުން މިކޮޅަށް ދުވެލަ ދުވެލާ އެތައް ދުވަހެއް ވަންދެން. އެހެންވީމާ މިވަރުގެ ބޮޑެތި ނިކަމެތިކަން އެއްވެސް ކަހަލަ ރެސްޕެކްޓެއް އިހްތިރާމެއް އާންމު ރައްޔިތުންނާ ދޭތެރޭ އޯގާތެރިކަމެއް ނެތި މިގޮތަށް ދޮގު ހަދައިގެންދާ ބަޔަކު ވެރިކަމަށް ގެނެސްގެން ވެރިކަމުގައި ބޭތިއްބުން ތޯއޭ ބޭނުންވަނީ." ގާސިމް ވިދާޅުވިއެވެ.
މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ