ދެ ރަށެއްގައި އިންޖީނުގެ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫއާއި ރ.އަނގޮޅިތީމުގައި ފެނަކައިގެ އާ އިންޖީނުގެ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ފެނަކައިން ބުނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މައުލޫމާތާއި އެއްގޮތަށް ދެ ރަށުގައި އެ ކުންފުނީގެ އާ އޮފީހެއް އިމާރާތް ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ މުއްދަތަކީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ބިޑުގައި ބައިވެރިވެ ރަޖިސްޓްރީ ކުރެވޭނެ ކަމުގައި އިއުލާނުގައި ބުނެފައިވެއެވެ.
ފެނަކަ އިން ބުނީ މި މަަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުން އަންދާސި ހިސާބު ހުށައެޅުން އަންނަ މަހުގެ މާރިޗް ފަސް ވަނަ ދުވަހުގެ ހެނދުނު 10:00 އޮންނާނެކަމަށެވެ.
ފެނަކަ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ އިންޖީނުގެތަށް އާ ކުރުމުގެ މަސަތްކަތް ކުރަމުންނެވެ.
އެ ކުންފުނިން ބުނީ 26 ރަށެއްގައި އިންޖީނުގެތައް ހުރި ސަރަހައްދުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ