އަދީބު ނައިބު ރައީސް ކަމުން ދުރުކުރަންޖެހޭ: ރައީސް މައުމޫން

ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމުގެ ތުރުހުމަތުގައި ހައްޔަރު ކޮށްފައި ހުންނެވި ނައިބް ރައީސް އަހުމަދު އަދީބު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޕީޕީއެމް ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
"ފިނިފެންމާ" ލޯންޗްކޮޅުގައި ރައީސް އަބްދުﷲ ޔާމީނަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް މައުމޫން ފަސް ކުރައްވާފައިވާ ބެންގަލޫރު ދަތުރުފުޅުގައި ފުރާ ވަޑައިގަންނަވަމުން އިއްޔެ މައުމޫން ވިދާޅުވީ ނައިބު ރައީސް އަދީބު ނައިބު ރައީސްގެ މަގާމުން ވަކިކުރަން ޖެހޭ ކަމަށާއި އަދީބު އެ ޕާޓީން ވަކިކުރީ ވެސް ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުއްވުމުން ކަމަށެވެ.
މައުމޫނު ވިދާޅުވީ ސަރުކާރުގެ ތެރެއިން ވަޒީރުންގެ ތެރެއިން ވަކިވެގެން ގޮސްފައިވީ ނަމަވެސް ސަރުކާރު ބަލިކަށިވާ ކަމަކަށް އެ މަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް ކަމުން އަދީބު ވަކި ކުރެއްވުމުގެ ކުރިން އޭނާއަށް ތުހްމަތު ކުރެވިފައިވާ ކުށެއްގައި ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ގަވާއިދު ބުނާ ގޮތުން އެއީ ޝަރީއަތެއް ނޫން ކަމަށާއި އެވަގުތަކު ނިންމަން ޖެހޭ ކަމެއް ސުލޫކީ ކޮމިޓީއަށް ނިންމޭނެ ކަމަށެވެ.
"ޕީޕީއެމްގެ މެންބަރަކަށް ހުރެގެން ޕީޕީއެމް ސަރުކާރުގެ ރައީސް ވަޒީފާއިން ވަކި ކުރަން މަސައްކަތް ކުރުމަކީ ޕީޕީއެމްގެ ގަވާއިދާ ހިލާފު ކަމެއް. އެގޮތުގެ މަތިން ވަކި ކުރެވޭނެ އެއީ މައްސަލައެއް ނޫން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނުވަނީ އަދީބުގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ޕީޕީއެމް ޕީޖީން ކުރަމުން ގެންދާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ