ކުރީގެ މެމްބަރު މުސްތޮފާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ރައްޔިތުންގެ މަޖިލީގެ ކުރީގެ މެމްބަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު މުހަންމަދު މުސްތަފާ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނަގައިފިއެވެ.
ސީއެންއެމްއަށް މުސްތަފާ ވިދާޅުވީ މިއަދު ތިނެއް ޖެހިއިރު ފުލުސް އޮފީހަށް ހާޒިރު ކޮށް ބަޔާން ނަގާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެމްޑީޕީގެ އިސް އަށް ބޭފުޅަކު މަރާލައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުއަށް ވެރިކަން ދޭން ނިންމާފައިވާކަމަށް ވިދާޅުވުމާގުޅިގެން ކަމަށެވެ.
"އަޅުގަނޑު ހާޒިރުކުރިއިރު އޮތް ބޮޑު ބަޔާނެއް ތައްޔާރުކޮށްފައި. އަޅުގަނޑު ބުނިން އަޅުގަނޑު ބުނާ އެއްޗެއް އޮންނަ ބަޔާނެއްގައޭ ސޮއި ކުރާނީ. ދެން އެމީހުންވެސް އެކަމާއި އެއްބަސްވި. އަޅުގަނޑު ދިނީ ތިނެއް ނުވަތަ ހަތަރު ފޮޅުވަތުގެ ބަޔާނެއް،" މުސްތަފާ ވިދާޅުވިއެވެ.
ފުލުހުން ސުވާލުކުރީ އެއީ ކިހިނެއް ލިބުނު މައުލޫމާތެއްތޯ ކަމަށާއި، އެ ވާހަކަ އެގޮތައް ދެއްކީ ކޮން މަގުސަދެއްގައި ތޯވެސް ސުވާލު ކުރިކަމަށްވެސް މުސްތޮފާ ވިދާޅިުވިއެވެ.
މުސްތަފާ ވިދާޅުވީ އެ މައުލޫމާތު ލިބުނީ ފޭސްބުކް ގައި ޖޯން ޕްރިސްކޮޓް ކިޔާ މީހަކު ލިއެފައިވާ އެއްޗަކުން ކަމަށް ދެންނެވި ކަމަށެވެ. އަދި އޭނާ އެ ލިއުމުގައި އެކަން މީޑިއާ ތަކާއި ބައެއް ގައުމުތަކުގެ ޖާސޫސީ އިދާރާއަށް ހުށައަޅާފައިވާކަމަށްވެސް ބުނެފައިވާކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކުރުމާގުޅޭގޮތުން ފުލުހުން ބުނީ މުސްތަފާ މައްސަލައަކާއި ގުޅިގެން މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުވި ކަމަށެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ އެ ވާހަކަ އެގޮތައް ދައްކަން ޖެހުނީ އެ ޕާޓިގެ އިސް ބޭފުޅުން ތަކެއް އަވަހާރަ ކޮށްލަން އުޅުނު ކަމަށް ބުނާ ވާހަކައެއް ކަމުން އެކަން ޕާޓީގެ މެމްބަރުންނަށް އެންގުމުގެ ބޭނުމުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ