މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ އެވެ. 
 
މިކަން ހުޅުމާލޭ ސްޓެލްކޯއިން ވަނީ ރާއްޖެއެމްވީއަށްވެސް ކަށަވަރުކޮށްދެއްވާފަ އެވެ. ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މިރޭ 21:30 ހާއިރު ކަމަށް މައުލޫމާތުލިބިފައިވެ އެވެ.
 
ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭން ކަރަންޓް ދިޔައީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ދިމާވެފައިވާ ކޮން މައްސަލައެއްކަން ސާފުކޮށެއް ނުދެއެވެ.
 
 މައްސަލަ ހައްލުކޮށް ކުރިއަށްއޮތް ވިއްސަކަށް މިނިޓްގެ ތެރޭގައި ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ހުޅުމާލެ ސްޓެލްކޯއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ