ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު ނަރީޝް އިންސްޓޯލްމެންޓަކަށް ނެގި ފޯނަކަށް ފައިސާ ނުދީގެން ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި އެޕަލްގެ ޑިސްޓްރިބިއުޓަރެއް ކަމަށްވާ ސޮފްޓް ޓަޗު މޯލްޑިވްސްއިން ނަރީޝްގެ މައްޗަށް ދައުވާ ކުރަނީ އެ ކުންފުނިން ނަރީޝަށް ދޫކޮށްފައިވާ އައިފޯނަކަށް ފައިސާ ނުދައްކައިގެންނެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް ނަމަވެސް އެ އަޑުއެހުން ބޭއްވިފައެއް ނުވެއެވެ.
މިހަބަރާއި ގުޅިގެން ނަރީޝްގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނަރީޝް ނެގި ފޯނަކަށް ފައިސާ ނުދައްކައިގެން ދައުވާ ކޮށްފައިވާ އިރު ޕީޕީއެމުން ވެލިދަނޑުގައި ބޭއްވި ބޮޑު އެއްވުމުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ޒުވާނުން ފައިސާ ނުލިބުމުން ދެން ކަންތައް ކުރާންވީ ގޮތް ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި ނަރީޝްގެ ނަން ބޭނުން ކުރައްވާފައެވެ.
"އެމީހަކު ބޭނުންވާ ކަމަކަށް ފައިސާ ނުލިބިއްޖިއްޔާ އެކަމަކު، އެކަމަކީ ކުރަން ޖެހޭ ކަމަކަށް ވެއްޖިއްޔާ، އާން މިއޮށް ގާލް ފްރެންޑް ކަޓަނީ. އެހެން މީހަކު އެއޮށް އޮފާ ކުރަނީ މޯބައިލް ފޯން. ދެން ނަރީޝްއަށް މަޖުބޫރު ވާނީ ކޮންކަމެއްތޯ؟ ނަރީޝަށް ކުރަން މަޖުބޫރުވަނީ، ބެގް ބޮރޯ އޯ ސްޓީލް. ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން،" ރައީސަް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވުމާއި ގުޅިގެން އިދިކޮޅު އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔާ ހަދާފައިވެއެވެ.
ނަރީޝް ނެގި ފޯނަކަށް ފައިސާ ނުދައްކައިގެން ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ