މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން އިއްޔެ ވަނީ 2021 އިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 116 މައްސަލައެއްގައި، 247 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.
ޖެހިގެން އައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންގެ ނިޔަލަށް 147 މައްސަލައެއްގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.
އެ މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު 27 ޕަސެންޓު އިތުރުވެފައިވާއިރު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 31 ޕަސެންޓު އިތުރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު، މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގަައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި، އެއްފަހަރާ އެތައް ސަތޭކަ ކިލޯއެއް ހިމެނޭހެން މީގެ އަހަރުތަކެއް ކުރިން ގިނަ އަދަދަކަށް އަތުލައިގެންފައިވެ އެވެ. ނަމަވެސް މި ފަހުން ވަނީ ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން، އެ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
މިދިޔަ ދެ އަހަރުތެރޭ ކަސްޓަމްސް އިން 324 ކިލޯގެ ޑްރަގްސް އަތުލައިގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ