ޓްރިވެންޑްރަމް ކޮންސިއުލޭޓްގެ ދެ ވެރިއެއްގެ އަމިއްލަ ބޭނުމަށް ތިޖޫރީން ފައިސާ ނެގި!

އިންޑިއާގެ ޓްރިވެންޑްރަމްގައި ރާއްޖެއިން ގާއިމުކޮށްފައިވާ ކޮންސިއުލޭޓުގެ އިސް ދެ ބޭފުޅެއްގެ އަމިއްލަ ބޭނުންތަކަށް ކޮންސިއުލޭޓްގެ ތިޖޫރީން ފައިސާތަކެއްް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ މައްސަލަ ފެންމަތިކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓުގެ ތިޖޫރީން ފައިސާ ނަގާފައިވަނީ ތާޑް ސެކެރެޓަރީއާއި ކޮންސުލްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
އޮޑިޓު ރިޕޯޓުގައި އެފަރާތްތަކުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
ތާޑް ސެކެރެޓަރީގެ އަމިއްލަ ބޭނުމަށް 24،094 ރުފިޔާ ނަގާފައިވާ އިރު، ކޮންސުލްގެ އަމިއްލަ ބޭނުމަށް 7935 ރުފިޔާ ނަގާފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޓްރިވެންޑްރަމް ކޮންސިއުލޭޓްގެ މުވައްޒަފުންނަށް ޔުޓިލިޓީސް އެލަވަންސް ފައިސާ ވެސް ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންގެ އެލަވަންސްތަކާއި އިނާޔަތްތަކާއި ބެހޭ ގަވާއިދާ ހިލާފަށް ދީފައިވެއެވެ.
އޭގެ އިތުރުން ޓްރިވެންޑްރަމްގެ ކޮންސިއުލޭޓުގެ ތިޖޫރީއިން 86،308 ރުފިޔާ މަދުވެފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ