ކަފާލާތުގެ ދަށުން ގާޒީ ނިހާން މިނިވަން ނުކުރަން ނިންމައިފި

ކަފާލާތުގެ ދަށުން ކުރީގެ ގާޒީ އަހުމަދު ނިހާން މިނިވަން ނުކުރަން ހައިކޯޓުން ނިންމައިފިއެވެ.
ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާއާއި، ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާއެވެ.
ނިހާން 17 އަހަރަށް ޖަލަށްލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާގައެވެ.
ދައުލަތުން ވަނީ ނިހާން މިނިވަން ނުކުރެވޭނެ ކަމަށް ބުނެފައެވެ.
ހައިކޯޓުން ވަނީ ނިހާންގެ އިސްތިއުނާފު މައްސަލާގައި އިތުރު އަޑުއެހުމެއް މި މަހުގެ 15 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ