ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އިދިކޮޅު އިއްތިހާދާއި ރައީސް ނަޝީދަށް ތާއިދުކުރެއްވި ބޭފުޅުންހާ ހިތްވަރުގަދަ ރައްޔިތުން ހޯދަން އުނދަގޫވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ތިން އަހަރު ވަންދެން ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު، ރާއްޖެ އެނބުރި ވަޑައިގެން އެމަނިިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކާއި މުޚާތަބުކޮށް އާޓިފިޝަލް ބީޗްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ދިޔައީ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށާއި، ރިޔާސީ އިންތިހާބުގައި ދިވެހިންނަކީ އުއްމީދު ނަގާލާ ބައެއް ނޫންކަން މުޅި ދުނިޔެއަށް ދައްކުވައިދީފައިވާކަމަށެވެ.
"ތިޔަ ބޭފުޅުންނަކީ މުޅި ރާއްޖެ ސަލާމަތްކޮށްދެއްވި ބޭފުޅުން، ރިޔާސީ އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބަކީ ދިވެހިން މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްވި ކާމިޔާބީއެއް"، ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިޚާބުވެ ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާާނުގެ އަމާޒަކީ އިބޫގެ ސަރުކާރު ދެމެހެއްޓުން ކަމަށާއި، ނޭވާ ހިނގާހާ ހިނދަކު، ހިތުގައި ވިންދު ހިނގާހާ ހިނދަކު އެ މަސައްކަތް ހުއްޓައެއް ނުލައްވާނެކަމަށެވެ.
ރައީސް ނަޝީދު އިތުރަށްވަނީ ދެން ދިވެހިރާއްޖެ ޚުދުމުހުތާރުކަމުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ދީގެން ނުވާނެކަމަށާއި، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އިބޫގެ ނަންފުޅު ހަރުއަޑުން ވިދާޅުވުމަށްފަހުގައެވެ.
"ތިޔަ ބޭފުޅުން ފަދަ ހިތްވަރުގަދަ ރައްޔިތުން ހޯދަން ދަތިވާާނެ" - ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ