ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދިމާވެފައި ގިނަ ގޮންޖެހުންތަކަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެއްބަސްވުމުގެ މަގުސަދުތައް
ދަނޑުވެރިކަމަކީ ރާއްޖޭގެ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެހެން ކުރާ މަސައްކަތްތަކަށް ހެދުންދަނޑުވެރިކަމުގައި ބޭނުން ކުރަމުން ގެންދާ ގުދުރަތީ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުންދަނޑުވެރިކަމުގެ މަސައްކަތްތައް ކުރާގޮތުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުންދަނޑުވެރިކަމުގެ މަސައްކަތުން އުފައްދާ ތަކެއްޗަކީ އިންސާނުން ކެއިންބުއިމަށް ރައްކާތެރި ތަކެތިކަމަށް ހެދުންދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުންދަނޑުވެރިކަމުގެ މަސައްކަތުން ހޯދާ ނަފާ އިތުރުވާނެ މަގުތައް ފަހިކޮށްދީ، ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުންދިވެހިރުކަށާއި އަލަދަނޑުތަކަށް ދިމާވެފައިވާ މައްސަލަތައް ކޮންޓްރޯލް ކުރަން މިނިސްޓްރީން ކުރާ މަސައްކަތްތަކަށް އެހީތެރިވުން
މިނިސްޓްރީން ބުނީ، އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗެލާސް ޑިގްރީ ހާސިލްކުރުން ތިން ސްކޮލަޝިޕާއި ހަ ބޭފުޅަކަށް ރާއްޖެއިން ބޭރުން ފީލްޑް އޮފިސަރުންގެ ގޮތުގައި ތަމްރީނު ކުރުން ހިމެނޭ ކަމަށެވެ. އަދި ދަނޑުވެރިކަމުގައި ދިމާވާ އެކިއެކި ބަލިތަކާއި ރުކުމަޑީގެ ބާވަތްތައް ދެނެގަނެ އެބަލިތައް ތަހުލީލު ކުރުމާއި ޕެރަސައިޓް ބްރީޑް ކުރަން ލެބޯޓްރީއެއް ގާއިމް ކުރުން ހިމެނޭ ކަމަށެވެ.
އުމަރު މަނިކު ފައުންޑޭޝަނާއެކު ދަނޑުވެރިކަން ކުރިއަރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ