ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސަރަހައްދުގައި ޓެކްސީ އަގުތަކަށް ބަދަލު ގެނެސް، މިހާރު ނިންމާފައިވާ އަގުތަކާމެދު ހިތްހަމަނުޖެހިގެން ދިވެހި ޑްރައިވަރުގެ ޖަމިއްޔާގެ ނަމުގައި ހަތަރު ޓެކްސީ ސެންޓަރަކުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަށް ފޮނުވާފައިވާ ސިޓީގެ ތާރިހަކަށް މިއަހަރުގެ އޮކްޓޯބަރު 5 ޖަހާފައިވާކަން ހާމަވެއްޖެ އެވެ.
މީސް މީޑިއާގައި މިހާރު އާންމު ވެފައިވާ މި ސިޓީގައި ތާރީހު ނުބައިކޮށް ޖެހިފައިވާ އިރު ގިނަ ޓެކްސީ ސެންޓަރު ތަކުން އެއާޕޯޓް އަދި ހުޅުމާލެ ދަތުރު ތަކަށް ބޮޑު އަގު ނަގަމުން ދާތީ އާންމު ރައްޔިތުން ދަނީ ރުޅިވެރިކަން ފާޅު ކުރަމުންމެވެ.
ދިވެހި ޑްރައިވަރުގެ ޖަމިއްޔާގެ ނަމުގައި މިނިސްޓަރ އައިޝަތު ނަހުލާއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޓްރާންސްޕޯޓުން އަގަށް ބަދަލު ގެނައި ނަމަވެސް ޓެކްސީ ދުއްވާ ފަރާތްތަކުން ދަތުރު ކުރާނީ އެމީހުން ބޭނުން އަގެއްގައި ކަމަށެވެ.
ނަމަވެސް "އަވަސް ރައިޑް" ޓެކްސީ ސެންޓަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އަގުތަކަށް ދަތުރު ކުރަން ނިންމާފައެވެ.
ޑްރައިވަރުން ދަތުރު ކުރާނެ އަގު ކަމަށް ސިޓީގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ކޮންމެ ދަތުރަކަށް 30 ރުފިޔާ، އެއާޕޯޓް ދަތުރުގެ އަގު ލަގެޖާއެކު 120 ރުފިޔާ ހުޅުމާލޭ ފޭސް-1 އަށް 120 ރުފިޔާ އަދި ހުޅުމާލޭ ފޭސް-2 އަށް 150 ރުފިޔާ އެވެ.
މީގެ އިތުރުން ލަގެޖަށް ކުރިން ނަގަމުން ގެންދިޔަ އަގު ނެގުމާއެކު ވެއިޓިން ޗާޖްގެ ގޮތުގައި ކޮންމެ ފަސް މިނެޓަކަށް 4 ރުފިޔާ ނެގުމަށް ހުށަހަޅާ ކަމަށް ވެސް ސިޓީގައި ވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނީ މާދަމާ އެވެ. އަގުތަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ސެންޓަރުތަކުން ވަނީ މާދަމާ ދަތުރުތައް ހުއްޓާލުމަށް ފަހު މުޒާހަރާ ކުރަން ނިންމާފައެވެ.
ސިޓީގައި އިތުރަށް ބުނެފައި ވަނީ މިނިސްޓްރީން އަގުތައް ކަނޑައަޅާފައި ވަނީ ޑްރައިވަރުންނާއި މަޝްވަރާ ނުކޮށް ކަމަށެވެ. "އިއުލާނުގައިވާ ޓެކްސީ ކުރުމުގެ އަގުތައް އަޅުގަނޑުމެންގެ ސެންޓަރުތަކުން ބަލައި ނުގަންނާނެކަމާއި އަދި މިއަގުތަކަށް އަމަލެއް ނުކުރާނެ ކަމުގައި އަދަބުވެރިކަމާއި އެކު ދަންނަވަމެވެ." ސިޓީގައި ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.
ޓެކްސީ ޑްރައިވަރުން ރައްޔިތުން "ފެލުމުގެ" ބޭނުމުގައި ފޮނުވި ސިޓީގެ ތާރީޚަކަށް 5 އޮކްޓޯބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ