ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަން: ތިން ނަސީބުވެރިއަކަށް އީ-ޕިކަޕެއް ދެނީ ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަން: ތިން ނަސީބުވެރިއަކަށް އީ-ޕިކަޕެއް ދެނީ

ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދާ ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްއެއްގެ ގޮތުގައި ތިން ނަސީބުވެރިއަކަށް އީ-ޕިކަޕް ދިނުމަށް ހަމަޖެހިއްޖެ އެވެ.
ބީއެޗްއެމް އިން ބުނީ ޖުލައި 1، ގައި ފެށި އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޔޭޔޭގެ އޮރިޖިނަލް، ޔޭޔޭގެ ސީރިއަލް އަދި ޔޭޔޭގެ ލެސް ޝުގާ ކޮފީ ބޮޑު ޕެކެޓެއް ގަނެގެން ކަމަށެވެ.
މިގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕެކެޓުގައިވާ ސްޓިކާ ސްކްރެޗް ކޮށްލުމަށްފަހު ސްކޭންކޮށް، ފޯނު ނަންބަރު ޖަހައިލައިގެންނެވެ..
ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ އިތުރުން ކޮންމެ ހަފްތާއަކު އެއާފްރައި، އިލެކްޓްރިކް ކެޓްލް، ފަހާފޮށި، މިކްސްޗަރު އަދި ރޯޓީ މޭކާއެއް ލިބޭނެ ކަމަށް ބީއެޗްއެމް އިން ބުންޏެވެ.
މީގެއިތުރުން ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު ހޮވާ ދެ ނަސީބުވެރިއަކަށް ބީ.އެމް.އެލް ގިފްޓް ކާޑެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ބީއެޗްއެމް އިން ވަނީ މިދިޔަ އަހަރު ވެސް ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، އަގުހުރި އިނާމުތަކެއް ނަސީބުވެރިންނާ ހަވާލުކޮށްފަ އެވެ.
ބީއެޗްއެމް ޓްރޭޑާސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ.
ދިވެހިންގެ ދޫތަކަށް އެންމެ ކަމުދާ، ވަގުތުން ތައްޔާރުކޮށްލެވޭ ޔޭޔޭ ކޮފީގެ އިތުރުން "ހޯސެން"، "ކޯސްޓް" އަދި "ޖޫލީސް" ފަދަ އެތައް ބްރޭންޑެއްގެ ސޯލްޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ