ފުކުޝިމާ ނިއުކްލިއަރ ޕަލާންޓުގެ ޕޮންޑްތަކަށް ކަރަންޓް ދީފި

ޖަޕާނުގެ ފުކުޝިމާގައި ހުންނަ ނިއުކްލިއަރ ޕްލާންޓުން ކަރަންޓް ކަނޑައިގެން ދިޔަ ޕޮންޑް ތަކަށް ކަަރަންޓްގެ ހިދުމަތް އަލުން ދެވިފައިވާކަމަށް ރަސްމީ ފަރާތްތަކުން ބުނެފި އެވެ.
ހޯމަ ދުވަހުގެ ވަގުތެއްގައި ކަރަންޓް ކަނޑައިގެން ދިޔައީ ރިއެކްޓަރ އެކެއް، ރިއެކްޓަރ ތިނެއް، އަދި ރިއެކްޓަރ ހަތަރެއްގެ ޕޮންޑް ތަކުންނެވެ. މި ޕޮންޑް ތަކަށް ކަރަންޓް ލިބުނީ އަންގާރަ ދުވަހުގެ މެންދުރެއްހާއިރުގައި ކަމަށާއި އަދި ހަތަރުވަނަ ރިއެކްޓަރުގެ، ޕޮންޑުގެ ކޫލިންގް ސިސްޓަމަށް ކަރަންޓު ފޮރުވައިދެވުނީ ރޭގެ ވަގުތެއްގައިކަމަށް ޓޯކިޔޯ އިލެކްޓރިކް ޕަވަރ ކޮންޕެނީ (ޓެޕްކޯ) އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު މި ޕޫލް ތަކުގެ ހޫނުމިން ހުރީ ނުރައްކަލެއް ކުރިމަތިވެދާނޭ މިންވަރާ މާ ދުރުގައި ކަމަށް ޓެޕްކޯއިން ވިދާޅުވެފައިވެއެވެ.
ފުކުޝީމާ ނިއުކުލިއަރ ޕްލާންޓަކީ 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބި، ރޭޑިއޭޝަން ބޭރުވުމުގެ މައްސަލަތަކެއް ކުރިމަތިވި ނިއުކުލިއަރ ޕްލާންޓެކެވެ. ސުނާމީގެ ސަބަބުންވެސް ނިއުކުލިއަ ޕްލާންޓްގެ ކޫލިން ސިސްޓަމްގެ މަސައްކަތް ހުއްޓުނެވެ.
ޖަޕާނަށް އެރި ސުނާމީގައި ބޮޑެތި އެޕްލާންޓްތަކަށް ލިބުނުގެއްލުންތައް މިހާރުވެސް ދަނީ މަރާމާތުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ