އަމީން މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޑރ.އަފްރާޝިމު އަލީގެ ކޮއްކޮ އިބްރާހީމު އަމީން މަޖިލިސް މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުވަނީ މެމްބަރު ކަމުގެ ހުވާ ކުރައްވާފައިވާތީ އަމީނަށް މަޖިލީހުގެ ހުރިހާ މެމްބަރުންގެ ފަރާތްޕުޅުން މަރުހަބާ ދަންނަވާފައެވެ.
އުނގޫފާރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް އަމީން ހޮވިވަޑައިގެންފައިވަނީ އެމްޑީޕީން ވާދަ ކުރެއްވި ޑރ.އަހުމަދު އަޝްރަފަށް ވުރެ 81 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.
އަމީނަށް 1159 ވޯޓު ލިބިފައިވާ އިރު އަޝްރަފަށް ލިބިފައިވަނީ 1078 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ