ފަނޑިޔާރުން އިތުރު ކުރުމަށް މެމްބަރު ފަލާހް ހުށައެޅި ބިލް ބަލައިގެންފި
ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގަނޫނަށް ސަރުކާރުގެ ފަަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ހުށަހަޅުއްވާފައިވާ ބިލް ބަލައިގަންނަން ފާސްވެއްޖެއެވެ.އިނގުރައިދޫ ދާޢިރާގެ މެމްބަރު އިބްރާހިމް ފަލާޙް ހުށަހަޅުއްވާފައިވާ ބިލް ބަލައިގަންނަން ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވި 34 މެމްބަރުންގެ ވޯޓުންނެވެ. އެގޮތުން ފެންނަ ކަމަށް 34 މެމްބަރުން ވޯޓްދީފައި ވާއިރު، ވަކިކޮތަކައް ވޯޓް ދޭން ބޭނުން ނުވާ މެމްބަރަކު ނެތެވެ. އަދި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓް ދީފައެއް ނުވެއެވެ. މެމްބަރު ފަލާހް ހުށައަޅުއްވާފައި ބިލާ އެކު މިހާރު ހައިކޯޓްގައި ތިއްބަވާ 7 މެމްބަރުންގެ އަދަދު 11 މެމްބަރުންނަށް އިތުރު ވެގެން ދާނެއެވެ. ބިލް ގެ ކިޔުން އިއްވަމުން ފަލާހް ވިދާޅުވީ، މި ބިލް ހުށައެޅުމުގެ މައިގަނޑު މަގްސަދަކީ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. އަދި އިސްތިއުނާފީ މަރްހަލާގައި އޮތް މައްސަލަތައް އަވަހަށް ނިންމާ، އެ މައްސަލަތައް ނިންމުމުގައި ހަރުދަނާ އުސޫލުތަކެއް މަގުފަހި ކުރުން ކަމަށެވެ.މެމްބަރު ފަލާހް ހުށަހެޅުއްވި އިސްލާހްގައި ވާގޮތުން، ހައިކޯޓުގެ އިސް ފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުން އެ ކޯޓުގައި ތިއްބަވަން ޖެހޭނެ ކަމަށާއި އެ 11 ފަނޑިޔާރުންގެ ތެރެއިން ދެކުނާއި އުތުރު ގޮއްޕަށް ފަނޑިޔާރުން އައްޔަންކުރަން ޖެހޭނެކަމަށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވި ފަނޑިޔާރުން މަގާމުގައި ތިބޭނެ ކަމަށާއި އަދަދު ހަމަކުރުމަށް ބޭނުންވާ ފަނޑިޔާރުން އިސްލާހު ފާސްކޮށް، ގެޒެޓްކުރެވޭތާ ތިން މަސް ތެރޭގައި އައްޔަންކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ. ގާނޫނުގައިވާ ގޮތުން ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހެނު ނަމަވެސް އެ ކޯޓުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުނެވެ. އޭގެ ތެރޭގައި ހިމެނެނީ ހައިކޯޓުގައި ތިއްބަވާ ހަތަރު ފަނޑިޔާރުންނާއި ދެކުނު ގޮފީގައި ތިއްބަވާ ތިން ފަނޑިޔާރުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ