އިއްޔެ ހެނދުނުން ފެށިގެން ތ. ކިނބިދޫން ކަރަންޓު ކެނޑިފައި އޮތުމަށްފަހު އިއްޔެ އިރު އޮއްސުނު ވަގުތު އެ ރަށަށް އަލުން ކަރަންޓު ދީފި އެވެ.
ކިނބިދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ރިޔާޒް ވިދާޅުވީ އެ ރަށަށް ކަރަންޓް ދެމުން އަންނަ ހަމައެކަނި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އިއްޔެ ހެނދުނު 6:30 އިން ފެށިގެން މުޅި ރަށުން ކަރަންޓް ކެނޑިފައި އޮތުމަށްފަހު ކަރަންޓް ލިބުނީ ރޭ 6:00 ގައި ކަމަށެވެ.
"އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދޭން ފެށުނު ނަމަވެސް އަދިވެސް ގިނަ ދުވަސްތަކަކަށް ކަރަންޓް ދެވޭނެކަމަކަށް ލަަފައެއް ނުކުރެވޭ. ކުރީރޭވެސް 12:00 އިން ފެށިގެން އިންޖީނުން ބާރު އަޑެއް ކިޔާފަ އިރުގަނޑެއްފަހުން ހަލާކުވީ. މިހާރުވެސް ހަމަ އެއަޑު ވަރަށް ބާރަށް އިންޖީނުން އިވެމުންދޭ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެރަށުގައި ކުރިން ބޭނުންކޮށް ހަލާކުވެފައިހުރި ޖަނަރޭޓަރެއް ހެދުމުގެ މަަސައްކަތް ފެނަކައިން ކުރަމުން އަންނަ ކަމަށާއި އެންމެ ޖަނަރޭޓަރަކުން އެ ރަށަށް ކަރަންޓް ދެމުން އަންނަތާ މިހާރު ތިން އަހަރުވެއްޖެ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން 4:30 އަށް ކަރަންޓް ކަނޑާލާ ކަަމަށެވެ.
ކިނބިދޫއިން އިއްޔެ ކަރަންޓް ކެނޑުމުގެ ސަބަބުން ވަނީ އެ ރަށު ސްކޫލްގައި އިއްޔެ ބާއްވަން އޮތް ޓެސްޓް ވެސް ކެންސަލް ކުރި އެވެ. ކިނބިދޫގައި 1376 މީހުން ދިރިއުޅެއެވެ.
ކަރަންޓް ކެނޑިފައި އޮތް ކިނބިދޫއަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ