ސްޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަން އަދާލަތު ޕާޓީން ދެކޮޅު ހަދައިފިއެވެ.
މިއަދު މެންދުރު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޕާޓީގެ ތަރުޖަމާން ކަމުގެ މަގާމާ މިއަދު ހަވާލުވި އަލީ ޒާހިރު އަބްދުލް މަންނާނު ވިދާޅުވީ އެފަދަ ކަން ކަމަކީ އެޕާޓީ ކަންބޮޑުވާ ކަންކަން ކަމަށާއި އެކަން ތަހުގީގު ކުރާ ފަރާތްތަކުން ތަހުގީގަށް ފަހު ނިންމާ ނިންމުން އަދާލަތުން ގަބޫލުކުރާނެކަމަށެވެ. ނަމަވެސް އެމައްސަލަ ނިމެންދެން އެކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ވެސް ތިގޮތަށް ފެތުރޭ އަޑުތަކާއި ކަންތައްތަކުގެ ކަންބޮޑުވުންތަކެއް ހުރޭ. އެހެން ނަމަވެސް ތިކަމުގައި އަޅުގަނޑުމެންގެ އިތުރު އެއްވެސް ކޮމެންޓެއް ނުކުރާ ގޮތަށް މަޝްވަރާ ކުރެވިފައި ވަނީ. ސަބަބަކީ އެކަމާއި ބެހޭ މުއައްސަސާތަކުން ތަހުގީގު ކުރެވެމުންދާ ކަމަކަށްވާތީވެ. ދެން އެފަރާތްކަން އެނިންމާ ނިންމުމަކީ އަޅުގަނޑުމެން ހަމަ ބަލައިގަންނާނެ ގަބޫލު ކުރާނެ ކަމަކަށް،". "... އޭގެ ހަގީގަތް ބަޔާން ވަންދެން ވަކި ގޮތަކަށް ނިމެންދެން އަޅުގަނޑުމެން ވަކި ގޮތަކަށް ކޮމެންޓެއް ކުރާކަށް ނެތީމޭ،" އަލީ ޒާހިރު ވިދާޅުވިއެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްސަލާގައި އަދާލަތު ވާހަކަ ދައްކަން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ