މާލޭ މަގުތަކުގެ ކާނުތަކުން 1359 ޓަނު ވެލިނަގާ 15652 ކާނު ސާފުކޮށްފި

ކަމަކީ ބަޔަކަށް ވަރަށް އާދައިގެ ކަމެކޭ ހީވާ ބައެއް ކަންކަމަކީ އެކަަމެއް ނުކޮށް ދޫކޮށްލައިފިނަމަ ވަރަށް ބޮޑެތި ގެއްލުން ލިބޭ ކަންކަމެވެ. މާލޭގެ މަގުތަކުގެ ކާނު ސާފުކުރުމަކީ ވެސް އެކަހަލަ ކަމެކެވެ. ކާނުތައް ކިސަޑާއި ވެއްޔާ ކުނިން ފުރެބާރުވެ ކާނުތައް ބެދުމުން ވާ ގޮތް އިހުސާސްވާނީ އެކަމާ ވިސްނާ މީހަކަށެވެ. ކޮންމެ ގޮތެއް ވަރިހަމަ މީހަކަށް އެކަމުގެ ސީރިޔަސް ކަން ފަހަރެއްގައި ނުވިސްނިދާނެއެވެ. 
މާެލެ ސިޓީގެ މޭޔަރު ކަމަށް އާދަމް އާޒިމް ވަޑައިގަތުމުގެ ކުރިން މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަކަށް އެއްވެސް އިސްކަމެއް ނުދެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކިތަންމެ ކުޑަކުޑަ ވާރޭކޮޅެއް ވެހެލިޔަސް ކާނުތައް ތަރަވެ ފެން ނުހިނގާ މާލޭގެ މަގުތަަކުގައި ފެން ބޮޑުވެއެވެ. ބޮޑުވާ ފެންގަނޑު ހިނދުމަކީ ވަރަށް ގިނައިރު ނަގާ ކަމަކަށް އޮންނަނީ ވެފައެވެ. 
މެދުނުކެނޑި ތަންކޮޅެއް ބޯކޮށް ތަންކޮޅެއް ގިނައިރު ވާރޭ ވެހެލައިފިއްޔާ އެދެން ކަމާޖެހުނީއެވެ. ގިނަ މަގުތަކުގައި ޕޭމެންޓްތައް ފެނުއަޑިއަށްގޮސް ފިހާރަތަކާއި ގޭގެއަށް ފެންވަނުމަކީ އާދައިގެ ކަމަކަށް އޮންނަނީ ވެފައެވެ.
ބޯތައްޓެއްހެން ހައްދާފައި އޮތް މާލޭގެ ފެންބޮޑުވުމަށް ހައްލު ހޯދުމަކީ މޭޔާރ އާދަމް އާޒިމް އެންމެ އިސްކަން ދެއްވި އެއްކަމެވެ. ބޮޑެތި ހޭދަތައް ނުކޮށް ރޭވުންތެރި ކަމާއެކު ސިލްސިލާކޮށް ކުރެވޭ ކަންކަމުން އެކަށީގެންވާ ހައްލެއް ހޯދޭނެކަން އާދަމް އާޒިމަށް އެނގި ވަޑައިގަނެއެވެ. އެހެންކަމުން މެދުނުކެނޑި ކާނުތައް ސާފުކޮށްގެން މާލޭގެ މަގުތަކުގައި ފެންބޮޑުވުމަށް އެކަށީގެންވާ ހައްލެއް ހޯދޭނެކަމަށް މޭޔަރު ދެކެވަޑައިގަތެވެ.
ކާނުތައް ގަވައިދުން ސާފުކުރުމަކީ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް އޮތް ހަމަ އެކަނި ހައްލު ނޫންނަމަވެސް ކާނުތައް ސާފުކޮށްގެން މާލޭގެ މަގުތަކުގައި ފެންބޮޑުވުމަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމީ ޝައްކެއް ނެތް ކަމެކެވެ. އެހެން ކަމުން އާދަމް އާޒިމުގެ ސީދާ ބެއްލެވުމުގެ ދަށުން މާލޭގެ ކާނުތައް ސާފުކުރަންފަށާ ބޮޑު ކާމިޔާބެއް ވަނީ ހޯދާފައެވެ. 
2025 ވަނައަހަރުގެ ޖެނުއަރީ މަހުގެ 19ގައި ފެށި މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތުން 2025 ގެ ޖުލައި މަހުގެ 12ގެ ނިޔަލަށް މާލޭގެ 117 ސަރަހައްދެއްގައި ކާނު ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މާލޭގެ 117 ސަރަހައްދަަކުން 1359 ޓަނުގެ ވެލި ކާނުތަކުން ނަގާ 15652 ކާނު ސާފުކޮށްފައެވެ. 
2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވިލިމާލޭގައި ހުންނަ 9925 ކާނުގެ ތެރެއިން 8487 ކާނު ވަނީ ސާފުކޮށްފައެވެ. ވިލިމާލޭގެ %85 ކާނު އެވަނީ ސާފުކުރެވިފަވެ. ވިލިމާލޭގެ 38 މަގެއްގެ ކާނު ވަނީ ސާފުކޮށް ނިމިފައެވެ. ވިލިމާލޭން ކާނުތައް ސާފުނުކުރެވި އޮތީ އެންމެ 5 މަގެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ