ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރަން އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ވަޑައިގެންފި އެވެ. މިހާތަނަށް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ނުވަ މެމްބަރެއްގެ އެވެ. މިއަދު ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގެން މީީޑއާއާ ވާހަކަފުޅު ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާ މުހައްމަދު މުސްތަފާ ވިދާޅުވީ އެބޭ ފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު އޮތް ހިސާބެއް ބެލުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރުމަށް އެދިފައިވާނެ ކަމަށެވެ. ސުޕްރީމް ކޯޓުން މެމްބަރުން އެދުނު އެދުމަށް ޖަވާބެއް ދެއްވާނެ ކަަމަށް ބުނެފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ ދެން ކުރިއަށް ދާން އެނގޭނީ ސުޕްރީމް ކޯޓުން ނިންމާ ގޮތަކުން ކަމަށެވެ. ކުރިއަށް އޮތްތާ އިސްލަހީ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެން މެމްބަރުންގެ ތެރޭގައި ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ ވެސް ހިމެނިވަޑައިގަންވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ