މިއީ ކެރެލާއަށް ކުރާ ވިއްސާރައިގެ އަސަރެއް ނޫން، އީދު ބަންދަށް މޫސުން ރަނގަޅުވާނެ

ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހުޅނގު މޫސުމުގެ ވިއްސާރައެއް ކަމަށާއި  އީދު ބަންދަށް ވިއްސާރަ އަލިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މައުލޫމާތު ދީފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިއަދު ރާޢްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށާއި އެގޮތުން މެދުރާޢްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް މިއަދު  13 މޭލާއި 23 މޭލަށް  ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅު ތަކަށް 7 މޭލާ 17 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވސް ވިދާޅުވިއެވެ.
ނަމަވެސް މާދަމާ ވައި ތަންކޮޅެއް މަޑުވާނެ ކަމަށްލަފާ ކުރެވޭ ކަމަށްށާއި އީދު ދުވަހަށް މޫސުން ރަގަޅުވާނެ ކަމަށް މެޓްގެ އޮފިޝަލް "ވަގުތު" އަށް ވިދާޅުވިއެވެ.
ރާޢްޖެއަށް މިކުރަނީ ކެރެލާއަށް ކުރާ ވިއްސާރައިގެ އަސަރެއް ނޫން
ރާއްޖެއަށް މިކުރަނީ ކެރެއްލާއަށް ކުރަމުން ދާ ވިއްސާރެގެ އަސަރުތޯ ސުވާލު ކުރުމުން މެޓްގެ އޮފިޝަލް ވިދާޅުވީ މިއީ އެ  ވިއްސާރާގެ އަސަރެއްނޫން ކަމަށެވެ.
"މި ސަރަހައްދުގައި ހުޅަނޑު މޫސުމުގެ ބާރު ގަދަވެގެންދިޔަ ހަފްތާއެއް މިދިޔަ ހަފްތާއަކީ. ކެރެލާއަށް ކުރާ ވިއްސާރައާ ބޮޑަށް ގުޅޭނީ ބޭއޮފް ބެންގޯލް އަށް ކުރާ ވިއްސާރަޔާ" މެޓް އޮފިޝަލް ވިދާޅުވިއެވެ.
އިންޑިއާގެ ކެރެލާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ތިން ސަތޭކަ އަށް އަރާފައެވެ. އަދި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ވަނީ މިލިއަނަކާއި ގާތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ