ރައީސް މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންފި އެވެ.
އެ މަނިކުފާނު ރޭ ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ހާމަކުރެއްވި ނަމަވެސް އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ނުބުނެ އެވެ.
މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
ސާޖިދާގެ އެ ދަތުރާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކުން ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ ދަތުރާ ގުޅޭގޮތުން އާންމުންގެ މެދުގައި އެކި ވާހަކަތައް ދެކެވެމުންދަނިކޮށް، ރައީސް މުޢިއްޒު ވަނީ އެއީ މާ ކުރިން ރޭވިފައި އޮތް އާއިލީ ދަތުރެއް ކަމަށް ވިދާޅުވެފައެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުނީ ސާޖިދާ އިނގިރޭސި ވިލާތުން ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށާއި އެއަށް ފަހު އާއިލާގެ ބޭފުޅުން މާލެ ވަޑައިގަންނަވާނީ ބޮޑު އީދުގެ ބަންދަށް ފަހު ކަމަށެވެ.
މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވިއިރު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އާއި އަނބިކަނބަލުން ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.
މުއިއްޒު ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ