ޕާކިން އިމާރާތްތަކުގައި ޕްރައިވެޓް ޕާކިންގެ ގޮތުގައި %80، 3 ފުރޮޅުލީ އުޅަނދުތަކާއި 4 ފުރޮޅުލީ އުޅުނަދުތަކަށް ޚާއްޞަވާގޮތަށް ހަމަޖައްސާ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުޞޫލުން ތަރައްޤީ ކުރާ ޕާކިން އިމާރާތްތަކާ ގުޅޭ ޤަވައިދެއް އެކުލަވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މި ޤަވާއިދަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއ،ި ޕާކިންގ ޖާގަ އިތުރުކުރުމާއ،ި ޕާކިންގ ޖާގަ ކުއްޔަށް ދިނުމާއ،ި 2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ބޭނުންވާ ގަރާޖު އާންމުންނަށް ލުއިފަސޭހަގޮތެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤަވައިދެކެވެ.
މި ޤަވާއިދުގެ ދަށުން ތަރައްޤީކުރާ ޕާކިން އިމާރާތްތަކުގައި ޕްރައިވެޓް އަދި ޕަބްލިކް ޕާކިންތައް ހިމަނަން ޖެހެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީ ކުރާ މިފަދަ ޕާކިން އިމާރާތްތަކުގައި ކުރެހުންތަކުގައި ކަނޑައަޅާފައިވާ މިންވަރަށް ޕާކިން ޖާގަ އިމާރާތުގައި ހުންނަން ޖެހޭނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ޕާކިންގ އިމާރާތުގައި ކަނޑައެޅިފައިވާ ޖުމުލަ ޕާކިންގގެ ތެރެއިން 3 ފުރޮޅުލީ އުޅަނދުފަހަރަށާއި 4 ފުރޮޅުލީ އުޅަނދުފަހަރަށް ޕްރައިވެޓް ޕާކިންގގެ ގޮތުގައި %80 އަށް ވުރެ އިތުރުނުވާނެހެން ޚާއްސަކުރަންޖެހެއެވެ.
މި ޤަވާއިދުގައި ވާގޮތުން ޕާކިންގ އިމާރާތުގައި ކަނޑައެޅިފައިވާ ޖުމުލަ ޕާކިންގގެ މަދުވެގެން %20 ޕަބްލިކް ޕާކިންގގެ ގޮތުގައި ޚާއްސަކުރަންޖެހެއެވެ. އަދި ޕަބްލިކް ޕާކިންގެ ތެރެއިން މަދުވެގެން %5، 2 ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ޕާކިންގ ޖާގައިގެ ގޮތުގައި ކަނޑައަޅަންވެސް ޖެހެއެވެ.
ޕާކިން އިމާރާތްތައް ތަރައްޤީ ކުރާއިރު އިމާރާތުގެ އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް އުޅަނދު ރައްކާތެރިކަމާއެކު ދުއްވައިފައި ދެވޭނޭހެން އިމާރާތްކޮށްފައި ހުންނަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި އުޅަނދުތަކަށް ފަސޭހައިން ސްލޮޓަށް ދެވޭނެ ރައްކާތެރި ނިޒާމެއް ގާއިމުކޮށްފައި ހުންނަންޖެހޭއިރު ޕާކިންގ ސްލޮޓުގެ ސަރަހައްދު ފާހަގަކޮށް އެ ސްލޮޓަށް ކަނޑައަޅައިފައި އޮތް އުޅަނދުގެ ނަންބަރު ޖަހައިފައި ހުންނަން ޖެހެއެވެ. ނުވަތަ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުޅަނދުގެ ޕާކިންގ ސްލޮޓް ވަކިކޮށްދީފައި ހުންނަންވާނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޕާކިންގ އިމާރާތުގައި އުޅަނދަށް މަގު ދެއްކުމަށް ރެޓްރޯ ރިފްލެކްޓިވް ޓޭޕް ފަދަ މެޓީރިއަލަކުން މަގު ދައްކާ ނިޝާންތައް ހަރުކޮށްފައިވެސް ހުންނަންޖެހެއެވެ.
ޤަވާއިދުގައި ވާގޮތުން ޕްރައިވެޓް ޕާކިންގެ ޖާގަތައް ދަތުރުފަތުރާ ބެހޭ ވުޒާރާގައި ރަޖިސްޓްރީކުރަން ޖެހެއެވެ. އަދި އެފަދަ ރަޖިސްޓްރީއެއް ދޫކުރާނީ ޚިދުމަތުގެ ފީގެ ގޮތުގައި 300 ރުފިޔާ ދެއްކުމުންނެވެ. މި ޤަވާއިދުގެ ދަށުން ޕްރައިވެޓް ޕާކިން ޖާގައެއް ވިއްކާލެވޭނީ މަދުވެގެން 8 އަހަރުދުވަހުގެ މުއްދަތަކަށެވެ.
މި ޤަވާއިދުގެ ދަށުން ޕާކިންގ އިމާރާތްތަކުގެ ޕަބްލިކް ޕާކިންގ ޖާގައިގެ ގޮތުގައި އާންމުންނަށް އުޅަނދުތައް ޕާކުކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައ،ި އެކަން އެނގޭނެ ފަދަ ޕާކިންގ އިމާރާތުގެ ޗާޓެއް މާލެ ސަރަހައްދުގައި ނަމަ ދަތުރުފަތުރާ ބެހޭ ވުޒާރާއަށް އަދި ރަށެއްގައި ނުވަތަ ސިޓީއެއްގައިނަމަ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް ހުށަހަޅައި ހުއްދަ ހޯދަންޖެހެއެވެ.
ޕާކިންގ އިމާރާތްތަކުގައި ޕަބްލިކް ޕާކިންގގެ ގޮތުގައި ކަނޑައަޅާ ވަކި ވަގުތަކަށް އުޅަނދު ޕާކުކުރުމުގެ ފީ ނަގައިގެން ދޫކުރާ ޖާގަތަކާއ،ި ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތައް ކުއްޔަށް ދޫކުރެވޭނ،ީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށާއ،ި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކަށާއ،ި މުއްދަތު ހަމަނުވާ ޞައްޙަ ވިސާއެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށެވެ.
މީގެ އިތުރުން ޕާކިންގ އިމާރާތްތަކުގައި ފީ ނަގައިގެން ޕާކުކުރުމަށް ދޫކުރާ ޕަބްލިކް ޕާކިންގގެ ޖާގަތަކުގެ ތެރޭގައި ހިމެނޭ ވަކި ވަގުތަކަށް އުޅަނދު ޕާކުކުރެވޭ ޖާގަތަކަށް ނަގާ ފީގެ އަގާއ،ި ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތަކުގެ ކުލީގެ އަގު ކަނޑައަޅާނ،ީ އެ އިމާރާތުގެ ޕާކިންގ މެނޭޖްކޮށް ހިންގާއޮޕާރޓްކުރާ ފަރާތުންކަމަށްވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުޞޫލުން ތަރައްޤީ ކުރާ ޕާކިން އިމާރާތްތަކާ ގުޅޭ ޤަވައިދުގައިވެއެވެ.
ޕާކިން އިމާރާތްތަކުގެ މިންގަނޑުތަކާބެހޭ ޤަވާއިދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ