ރައީސް މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ރޭ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ރޭ ނެރުނު ވަރަށް ކުރު ބަޔާނެއްގައި ހަމައެކަނި ބުނީ ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށެވެ.
ބޮޑު އީދު ބަންދުގެ ތެރޭގައި ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނާ އެކު ވަޑައިގެންނެވި ބޭފުޅުންނާއި މި ދަތުރުފުޅުގެ މުއްދަތެއް ވެސް އެ އޮފީހުން ހާމައެއް ނުކުރެ އެވެ.
އެނގުން މުހިންމު - ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ 30 ޖުލައިގަ އެވެ. އެ ނުރަސްމީ ދަތުރުފުޅުގައި ފަސް ދުވަސް ސިންގަޕޫރުގައި ހޭދަކުރެއްވި އެވެ.
މިދިޔަ ޖުލައިގައި ރައީސް ވަނީ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.
އޭގެ ކުރިން، މޭ އަދި އޮގަސްޓް 2024ގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ފަހަރު ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާއަށެވެ.
ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ