އޮސްޓްރޭލިއާގެ ލޭ، އިންޑިއާގެ ޖާޒީ: ރަޔަން ތަފާތު ދައްކާ ތާރީހުގެ ތެރެއަށް
ރަޔަން ވިލިއަމްސްގެ މި ދަތުރަކީ ކެތްތެރިކަމާއި ނުގުޑާ އަޒުމެއްގެ މިސާލެކެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް އިންޑިއާ ޓީމު ދިޔައިރު، ވިލިއަމްސް ހުރީ އިންތިހާއަށް މާޔޫސްވެފައެވެ. ފީފާގެ ކްލިއަރެންސް ލިބުން މަދު ގަޑިއިރުކޮޅަކަށް ލަސްވުމުގެ ސަބަބުން، އެރޭ ބަންގްލަދޭޝް އަތުން އިންޑިއާ ބަލިވި ތާރީޚީ މެޗުގައި އޭނާއަށް ބައިވެރިއެއް ނުވެވުނެވެ. އެ މާޔޫސްކަމާއެކުވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. އިންޑިއަން ސުޕަ ލީގުގައި ދެއްކި މޮޅު ކުޅުމާއެކު، އޭނާގެ އިންޑިއާ ޕާސްޕޯޓުގެ ބޭނުން ހިފާނެ ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރިއެވެ. އެ އިންތިޒާރުގެ ނިމުން އައީ 31 މާރިޗު 2026 ގައެވެ. އިންޑިއާގެ އައިކޮނިކް ނަންބަރު 10 ޖާޒީގައި ފުރަތަމަ ފަހަރަށް ފެނިގެންދިޔަ މެޗުގެ އެންމެ ހަތަރުވަނަ މިނެޓުގައި، މަންވީރު ސިންގް ދިން ހިތްގައިމު ބޯޅައަކުން ވިލިއަމްސް ވަނީ ގޯލެއް ޖަހައި އިންޑިއާގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމަށް ލަނޑު ޖަހައިދިނުމަށްފަހު ރަޔަންއާއި ޓީމުގެ ކުޅުންތެރިން-- މިއީ އިންޑިއާގެ ގައުމީ ޓީމަށް އަލަށް ކުޅޭ ކުޅުންތެރިއަކު އެންމެ އަވަހަށް ޖެހި ގޯލެވެ. މި ގޯލާއެކު އޭނާގެ އުފާފާޅުކުރުމުން ފެނިގެންދިޔައީ ހަމައެކަނި ލަނޑެއްގެ އުފަލެއް ނޫނެވެ؛ އެއީ އަމިއްލަ ގައުމަށްޓަކައި ކުޅުމުގެ ޝަރަފާއި، އެ ގައުމަށް އޭނާ ނިސްބަތްވާކަމުގެ އިހުސާސެވެ. މި މެޗުން އިންޑިއާ 2-1 އިން މޮޅުވިއިރު، މިއީ ވޭތުވެދިޔަ 28 މަސްދުވަހުގެ ތެރޭގައި އެގައުމަށް ލިބުނު އެންމެ ތަފާތު މޮޅެވެ. އިންޑިއާ ޓީމުގެ ކުޅުމަށް އައި ބޮޑު ބަދަލާއެކު، މެދުތެރެއިންނާއި ކުރިއަށް ކުޅޭ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ވަނީ ވަރުގަދަވެފައެވެ. ހޮންކޮން ކޮޅަށް ޖެހި ތާރީހީ ލަނޑާއެކު ރަޔަން ވިލިއަމްސް ވިލިއަމްސް ވަނީ ޓީމަށް އާ އުންމީދެއް ގެނެސްދީފައެވެ. ނަމަވެސް، މިއީ ދާއިމީ ހައްލެއްތޯ ސުވާލު އުފެދެއެވެ. އިންޑިއާ ފުޓްބޯޅަ އޭޝިއާގެ ކުރީ ސަފަށް ގެންދިއުމަށްޓަކައި، އޯ.ސީ.އައި ނުވަތަ ބޭރު ގައުމުތަކުގައި ތިބި އިންޑިއާ ދަރިކޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ސިޔާސަތު މުރާޖައާކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ކޮންމެއަކަސް، ރަޔަން ވިލިއަމްސް މިވަނީ އިންޑިއާ ފުޓްބޯޅައިގެ އާ ސަފުހާއެއް ލިޔަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ