މާލޭ ވިޔަފާރި ބަނދަރަށް ބާލާ މުދަލުގެ ތެރެއިން، އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ކްލިއާ ކުރުމަށް މާލޭ ވިޔަފާރި ބަނދަރުގައި 3،000 އަކަފޫޓުގެ ޝެޑެއް ހާއްސަކޮށް ފައިވާކަމަށް އެމްޕީއެލުން ބުނެފިއެވެ.
ރޯދައަށް ގެންނަ ތަރުކާރީ އާއި މޭވާފަދަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާ ކުރުމަށް އެމްޕީއެލުން ހައްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޕީއެލުން ބުނީ، އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ޤާއިމްކޮށް ނިމިފައިވާކަމަށެވެ.
މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، މިފަދަ ހަލުވި ކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނޭކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
ކުރިއަށްއޮތް ރަމަޟާންމަހު ބާޒާރުގައި އެންމެ އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ބޮޑުވިޔަނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން ކުރެވެމުންދާ މަސައްކަތުގެ ދަށުން އިއްޔެ ވިޔަފާރިވެރިންނާ، އެމްޕީއެލް އަދި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު އިކޮނޮމިކް މިނިސްޓްރީން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
އަވަހަށް ހަލާކުވާ ތަކެތި ކްލިއާކުރަން މާލޭ ޕޯޓުގައި 3 ހާސް އަކަފޫޓުގެ ޝެޑެއް ހާއްސަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ