ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މާދަމާ ބަދަލުކުރަނީ

ވެލާނާ އިންޓަނޭޝަން އެއާޕޯޓު (ވީއައިއޭ)ގެ އެތެރޭގެ ދަތުރުތަކުގެ އޮޕަރޭޝަން މާދަމާއިން ފެށިގެން ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަން ނިންމައިފި އެވެ. 
ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ ޖުލައި މަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމާ އެކު، އެތެރޭގެ ދަތުރުތަކަށް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ހާއްސަކުރަން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށި އެވެ. އެތެރޭގެ ދަތުރުތަކުގެ އޮޕަރޭޝަން ކުރީގެ ޓާމިނަލަށް ބަދަލުކުރާނީ އެކަމަށް މާދަމާ ބާއްވާ ހާއްސަ ރަސްމިޔާތެއްގަ އެވެ.
ތަފްސީލް - ރާއްޖޭގައި މިހާރު އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެމުން އަންނަނީ ތިން އެއާލައިނަކުންނެވެ. އެއީ މޯލްޑިވިއަން އާއި މަންޓާ އަދި ވިލާ އެއާއިންނެވެ. މާދަމާއިން ފެށިގެން މި ތިން އެއާލައިންގެ ދަތުރުތައް ހިމެނޭހެން، އެތެރޭގެ އުދުހުންތައް ކުރާނީ އެ ޓާމިނަލުންނެވެ. 
ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް އެތެރޭގެ އުދުހުންތައް މި ބަދަލުކުރަނީ، ބާރުބޮޑުވާ ގަޑިތަކުގައި މިހާރުގެ ޑޮމެސްޓިކް ޓާމިނަލްގައި ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ