ޕީއެންސީން ތާއިދުކުރާ މިނިވަން ކެންޑިޑޭޓެއް ނުހުންނާނެ: ފަލާހު
ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީން ތާއިދުކުރާ މިނިވަން ކެންޑިޑޭޓެއް ނުހުންނާނެ ކަމަށާއި, އެ ޕާޓީއަށް މުހިންމީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ މާފަންނު ކެމްޕެއިން އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ފަލާހު ވިދާޅުވީ، މިނިވަން ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ބައެއް ހިސާބުތަކުގައި ވަރަށް ބޮޑަށް އަޑު ފެތުރެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ޕާޓީން އެއްވެސް މިނިވަން ކެންޑިޑޭޓަކަށް ތާއިދެއް ނުކުރެއެވެ. އެ ކަމާ ޕީއެންސީގެ ސަޕޯޓަރުންނާއި ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށާއި ޕާޓީގެ ކެންޑިޑޭޓުންނަކީ ޓިކެޓު ދީގެން އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކޮށް، އަމިއްލަ ބޮޑު މަންފާއެއް ހާސިލުކޮށް, ޕާޓީއަކާ ގުޅިދާނެ ކަމަށް ބައެއް އަމިއްލަ ކެންޑިޑޭޓުން ހީކުރައްވާ ކަމަށާއި އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް، މި ޕާޓީއަށް މިއަދު މުހިންމީ މި ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުންޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ފަލާހު އެ ފަދައިން ވިދާޅުވިއިރު، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވައިފައެވެ. އެއާއެކު، ބައެއް މީހުން ވަނީ، އަބްދުލްކަރީމް ވާދަކުރައްވަނީ މިނިވަންކޮށް ކެމްޕެއިން ކުރެއްވުމަށް ފަހު ޕީއެންސީއާ ގުޅުމަށްތޯ ސުވާލު އުފައްދައިފައެވެ. https://www.sun.mv/217639 ލޮލަށް ފެނުމުން މަހުރޫމްވެފައިވާ އަބްދުލްކަރީމް "ސަން"އަށް ވިދާޅުވި ގޮތުގައި އޭނާ އިންތިޚާބުގައި ވާދަ ކުރައްވަނީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުން ފަހަތަށް ޖެހެން ނުޖެހޭނެ ކަމުގެ މެސެޖު ދިނުމުގެ ގޮތުންނެވެ. އަދި އޭނާ ވަނީ، އޭނާ އިންތިޚާބަށް ނުކުމެވަޑައިގަތުމުން އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ޕީއެންސީން އަމިއްލަ ކެންޑިޑޭޓުން ނެރޭ ކަމުގެ ތުހުމަތުތައް އަމާޒުވާ އަނެއް ސަބަބަކީ، މިދިޔަ މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން އިންތިޚާބުވި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފައިވުމެވެ. https://sun.mv/191224 މިހާރު މަޖިލީހުން ވަނީ، ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް އިސްލާހެއް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ