މެސީއަކީ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ ކައުންސިލް އިންތިހާބާއެކު ބޮޑު ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގަން ރައީސް ނިންމަވައިފި ވޯލްޑް ކަޕް 2026: ޓިކެޓުގެ އަގުތައް ހުރިގޮތުން އެންމެ ޓިކެޓެއް ނެގުމެ

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ “ކަރާ ފެޅުން” ޕްރޮމޯޝަން، މުޅި ރާއްޖެ ރަތް އަދި ނޫ ޓީމަށް ބަހާލައިގެން ވަރަށް ތަފާތުކޮށް މިއަހަރު ފަށަން ނިންމައިފި އެވެ.
މި ފަހަރުގެ ގޭމަށް މުޅިން އާ ފީޗާތަކެއް ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން އެންމެ ހާއްސަ އެއް ކަމަކަށް ހިމަނާފައިވަނީ މެޕުން ދައްކާ ތަނަކަށް ގޮސްގެން ކަރާ ފެޅުމުގެ ފުރުސަތު ލިބޭ “ކަރާ ކުއެސްޓް” އެވެ.
މި ގޭމް ކުޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މުޅި ރާއްޖެ ދެ ބަޔަކަށް ބަހާލުމަށް ފަހު، ރަތް ލަސްކަރު ނުވަތަ ނޫ ލަސްކަރުގައި ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން އާއިލާ އާއި ރައްޓެހިން ވެސް ޓީމުގައި ބައިވެރިކޮށްގެން ގޭމް ކުރިއަށް ގެންދެވޭނެ އެވެ.
“އަޅުގަނޑުމެންގެ އުންމީދަކީ، މި ގޭމް މެދުވެރިކޮށް އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އުފާވެރި ރޯދަ މަހަކަށް ވެގެންދިޔުން،” އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ބުންޏެވެ.
ނިޔާޒް މިހެން ބުނީ މި ޕްރޮމޯޝަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އޭނާ އިތުރަށް ބުނީ ގޭމްގައި ބައިވެރިވާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ ޑޭޓާ އާއި ހާއްސަ އެހެނިހެން އިނާމުތައް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މޮޅުވާ ޓީމުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. މިއީ ރޯދަ މަހުގެ ދުވަސްތައް މަޖާކޮށްލުމާ އެކު ބޮޑު އިނާމެއް ހޯދުމަށް ކަސްޓަމަރުންނަށް ލިބޭ ވަރަށް ތަފާތު ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ