އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައަށް އެމެރިކާއިން ދެމުންދާ އެއްބާރުލުމާ ގުޅިގެން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އެމެރިކާއަށް ނުދިނުމަށް ނުވަތަ އެ މުބާރާތުން އެގައުމު އެކަހެރިކުރުމަށް ގޮވާލައި އިންގެރޭސި ގާނޫނު ޖަދާ މަޖިލީހުގެ 25 މެމްބަރުންގެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓުގެ 25 މެންބަރަކު ހުށަހެޅި ޕެޓިޝަނުގައި ބުނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އެމެރިކާއިން އިހުތިރާމް ކުރަންދެން އެގައުމު ވޯލްޑް ކަޕް މުބާރާތުން ބޭރުކުރުމަށް ބައިނަލްއަގުވާމީ ކުޅިވަރު އިދާރާތަކަށް ގޮވާލައިފަ އެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލިސް މެމްބަރުންގެ އިތުރުން ޔޫރަޕްގެ އެކި ގައުމުތަކުގެ ސިޔާސީ ބޭފުޅުންނާއި އާންމުން ދަނީ މިކަމަށް ބާރުއަޅަމުންނެވެ. އެގޮތުން ފްރާންސްގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ އެރިކް ކޮކްރެލް ވިދާޅުވެފައިވަނީ، އިންސާނީ ހައްގުތަކާ ހިލާފު ސިޔާސަތުތައް ގެންގުޅޭ ގައުމެއްގައި މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަކީ އެ ސިޔާސަތުތަކަށް ދެވޭ ގާނޫނީ ސިފައެއް ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ އެތެރޭގެ ހިންގުމާއި، ހާއްސަކޮށް އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމުގައި ހިންގާ އަނިޔާވެރި އަމަލުތަކަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ޣައްޒާގެ ހާލަތަށް ބަލާއިރު، 2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 1.9 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. މި ހަނގުރާމައިގައި އެމެރިކާއިން އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އިސްރާއީލަށް ފޯރުކޮށްދެމުންދާއިރު، މިއީ ފަލަސްތީނުގެ ބިންތައް ސުންނާފަތިކުރުމަށް ދެވޭ އެހީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
އެފްރިކާ ބައްރުގެ ގައުމުތަކުން މިކަމާ މެދު ދެކެނީ ތާރީޚީ ނަޒަރަކުންނެވެ. މީގެ ކުރިން ދެކުނު އެފްރިކާގެ އެޕާތައިޑް ނުވަތަ ނަސްލީ ތަފާތުކުރުމުގެ ނިޒާމާ ދެކޮޅަށް އޮލިމްޕިކްސް ބޮއިކޮޓްކުރި ފަދައިން، މިހާރު ޣައްޒާގައި ހިންގާ ޖަރީމާތަކާ ގުޅިގެން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެފްރިކާގެ ގައުމުތަކުން ގަބޫލުކުރެއެވެ. 1976 ވަނަ އަހަރު ސޮވެޓޯގައި ހިނގި ހާދިސާތަކާއި، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކަކީ ކުޅިވަރާއި މިނިވަންކަމުގެ ޖިހާދާ ގުޅިފައިވާ ކަންކަމެވެ.
މި މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދަނީ، ބާރާއި ނުފޫޒު ބޭނުންކޮށްގެން އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކަށް ކުޅިވަރުގެ މައިދާނުގައި ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
2026 ގެ ވޯލްޑް ކަޕާ މެދު މިހާރު އުފެދިފައިވާ މި ބަހުސަކީ ހަމައެކަނި ކުޅިވަރުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ އަދުލުވެރިކަމާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށް ގިނަ ފަރާތްތަކުން އިއްތިފާގުވެއެވެ.
ރޯދައަކީ އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަން ދަސްކޮށްދޭ މަތިވެރި އަޅުކަމެއް: ޚުތުބާ މަސްވެރިކަން ދަށްވި ނަމަވެސް ރޯދަ މަހު މަހުގެ އުފެއްދުންތައް ލިބުމުގައި ދަތިކަމެއް ނެތް: މިފްކޯ އައްޑޫ ޕޮލިސް ކޮލެޖުގައި އާ ތަމްރީނު ބުރެއް ފަށައިފި: 48 އަންހެން ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ