ޓޫރިޒަމް ސިނާއަތުގައި ފުންނާބު އުސް ދިވެހި ވިޔަފާރީ ކުންފުނި، ވިލާއިން ރ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓު، އެ އަތޮޅު މާނެންފުށީގައި ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާނެންފުށި ތަރައްގީކުރަން ވިލާއިން ހުށަހަޅާފައިވާ ކޮންސެޕްޓުގައި ވަނީ ބީޗު ވިލާތަކާއި ވޯޓާ ވިލާތައް ހިމެނޭހެން، ޖުމްލަ 42 ވިލާ ތަރައްގީކުރާ ގޮތަށެވެ. އެއީ ތިން ވައްތަރެއްގެ އެއް ކޮޓަރީގެ 22 ބީޗު ވިލާ އާއި ދެ ކޮޓަރީގެ ތިން ބީޗު ވިލާ އާއި އެއް ކޮޓަރީގެ 15 ވޯޓާ ވިލާގެ އިތުރުން ދެ ކޮޓަރީގެ ވޯޓާ ވިލާއަކާއި ތިން ކޮޓަރީގެ ވޯޓާ ވިލާއެކެވެ.
އޭގެ އިތުރުން ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ބޭނުންވާ ހިދުމަތްތައް ދޭނެ ތަންތަނާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބޭނެ ތަންތަން ވެސް ތަރައްގީކުރުމަށް ވަނީ ރާވާފަ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މާނެންފުށި ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަނީ ވޯޓާ ވިލާތަކާއި ރިސޯޓުގެ ހިދުމަތް ދޭން ބޭނުންވާ، މުވައްޒަފުން ތިބޭ ތަންތަނާއި އިންޖީނުގެ ފަދަ ތަންތަނެވެ. ބީޗު ވިލާތައް ތަރައްގީކުރަނީ ދެވަނަ ފިޔަވަހީގަ އެވެ.
ވިލާއިން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ޑިސެމްބަރުގައި މި ރިސޯޓު ހުޅުވާށެވެ. މި ރިސޯޓު ވެގެން ދާނީ ވިލާއިން ތަރައްގީކޮށްގެން ހުޅުވާ ހަ ވަނަ ރިސޯޓަށެވެ. އެ ކުންފުނިން ތަރައްގީކޮށްފައިވާ އެހެން ރިސޯޓުތަކަކީ:
ފަސް ރިސޯޓެއް އޮތް ނަމަވެސް ވިލާއިން މި ވަގުތު އޮޕަރޭޓުކުރަމުން އަންނަނީ ހަތަރު ރިސޯޓެކެވެ. މި ވަގުތަށް އޮޕަރޭޝަންތައް ހުއްޓާލާފައި ވަނީ އެ ކުންފުނީގެ އެންމެ ފުރަތަމަ ރިސޯޓު، ފަން އައިލެންޑުގެ އެވެ. ވިލާއިން އަންނަނީ މި ރިސޯޓު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މާނެންފުއްޓަކީ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ވިލާ ކުންފުނިން އަތުލި ތަންތަނުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ފަހުން ސުޕްރީމް ކޯޓުން ވަނީ މާނެންފުއްޓާއި އެ މައްސަލައިގައި ދެން ހިމެނޭ ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާގެ އިތުރުން ކ. މާދިއްގަރުފަޅާއި ވާވެއްދި ފަޅު އަތުލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.
ވިލާ ކުންފުނީގެ ބާނީއަކީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޓޫރިޒަމުގެ އިތުރުން ވައިގެ ދަތުރުފަތުރާއި ޝިޕިން އާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ވިލާއިން ފުޅާދާއިރާއެއްގައި ވިޔަފާރި ކުރެ އެވެ.
ރ. އަތޮޅުގައި ތަރައްގީކުރާ ވިލާގެ ފުރަތަމަ ރިސޯޓު ޑިސެމްބަރުގައި ހުޅުވަނީ ރ. އަތޮޅުގައި ތަރައްގީކުރާ ވިލާގެ ފުރަތަމަ ރިސޯޓު ޑިސެމްބަރުގައި ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ