އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި
އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެވެ.މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ބޮޑުވުމުން އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ބޮޑުކުރީ މިދިޔަ މަހު އެވެ.އޭރު 1.19 ޑޮލަަރަށް ވިއްކަމުން އައި ޖެޓް ފިއުލް ލީޓަރެއްގެ އަގު އެ ކުންފުނިން 1.69 ޑޮލަރަށް ބޮޑުކުރި އެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މުހައްމަދު އަމީން އިއްޔެ ވިދާޅުވީ ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އައި ކަމެއް ކަމަށެވެ. ޖެޓް ފިއުލް ލީޓަރެއްގެ އަގު މި ފަހުން ހުރީ 1.99 ޑޮލަރަށް އުފުލިފައެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އެކަމަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށެވެ."ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ." އަމީން ވިދާޅުވި އެވެ. އަގަށް ގެނައި މި ބަދަލާ އެކު، ޖެޓް ފިއުލް ލީޓަރެއް ދެން ވިއްކާނީ 1.44 ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ