މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓްފިއުލްގެ އަގު ހެޔޮ ކޮށްފިކަމަށް، މިނިސްޓަރ އޮފް ޓުއަރިޒަމް އެން ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އަމީން ވިދާޅުވީ، ނަމަވެސް މިދިޔަ ހުކުރު ދުވަހު އެކަމަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށާއި، އެގޮތުން ކުރިން 1.99 ޑޮލަރަށް ލިޓަރެއް ވިއްކަމުން އައި ޖެޓް ފިއުލް މިހާރު ވިއްކަނީ ލިޓަރެއް 1.75 ޑޮލަރަށް ކަމަށެވެ.
"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ" މިނިސްޓަރ އޮފް ޓުއަރިޒަމް އެން ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ފަތުރުވެރިން އަންނަ ނިސްބަތް %4.8 ދަށްވެފައިވީ ނަމަވެސް ހަނގުރާމައިގެ ހާލަތު ބަދަލުވެ މެދުއިރުމަތީގެ އެއާލައިންތައް ދަތުރު ކުރުން އިތުރުވާ ވަރަކަށް ކުރިއަށް އޮތް ދެ ތިން ހަފްތާތެރޭގައި ރާއްޖެއަށް ވެސް އަލިމަގެއް ފެންނާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.
މިގޮތުން އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ތިން ފްލައިޓު ބޭއްވުމަށް ޝެޑިއުލް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. މީގެ އިތުރުން ބްރިޓިޝް އެއާވޭސް އިން މި އަންނަ ސީޒަންގައި %32 މައްޗަށް ގެންދަން ރާވާފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ